ސްޓެލްކޯއިން މާލެ ސަރަހައްދަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގެ ތެރެއިން، ހުޅުމާލޭގައި ޤާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި މުހިންމު މަރާމާތެއް ކުރުމަށް މާދަމާ ހެނދުނު06:00 އިން 10:00 އަށް ވަގުތީގޮތުން ނިއްވާލުމަށް ވަނީ ނިންމާފައެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުތުގައި މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ގާތްގަނޑަކަށް އެއް ގަޑިއިރުގެ މުއްދަތަށް ކަރަންޓު މެދުކެނޑޭނެކަމަށް ސްޓެލްކޯއިން ވަނީ އަންގާފައެވެ. ކަރަންޓު މެދުކެނޑޭނެ ސަރަހައްދުތަކާއި ވަގުތު އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
ނަމަވެސް، ހޮސްޕިޓަލްތަކާއި އެހެނިހެން މުހިންމު ޚިދުމަތްދޭ މުއައްސަސާތަކަށް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) މި މެދުކެނޑުމުގެ އަސަރެއް ނުކުރާނެކަން ސްޓެލްކޯއިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި މަސައްކަތް ތާވަލު ކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީހާވެސް އަވަހަކަށް އާންމު ހާލަތަށް ޚިދުމަތް އަނބުރާ ގެނައުމަކީ އެ ކުންފުނީގެ އަމާޒެއްކަމުގައި ބުނެފައިވެއެވެ.
މި މަސައްކަތަކީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކުރެވޭ ޕްރިވެންޓިވް މަސައްކަތެއްކަމަށް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ. އަދި މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މަޢާފަށް އެދިފައެވެ.
0%
0%
0%
0%
0%
21 ސެޕްޓެންބަރު 2025
0
20 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0