ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މައި އޮފީސް ހުންނަ ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި މާލޭ ސިޓީ ކައުންސިލުން އެ ގޯތީގެ ވެރިފަރާތް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފި އެވެ.
އެނގިފައިވާ ގޮތުން ވެޔޮވިލާގޭގެ ވެރިފަރާތް, ސަފިއްޔާ ޒުބައިރު ޖޫރިމަނާކޮށްފައިވަނީ މިދިޔަ މަހުގެ 25 ގައި އެވެ. ޖޫރިމަނާކުރީ ހުއްދަ ހޯދުމަކާ ނުލައި އެ ގޯތީގައި މަސައްކަތް ކޮށްފައިވާތީ 128,545ރ. އެވެ. އަދި ޖޫރިމަނާ ކަނޑައަޅާފައި ވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ އެވެ.
ސިޓީ ކައުންސިލުން ޖޫރިމަނާ ކަނޑައަޅާފައިވަނީ އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދުގެ ތިން މާއްދާއަކާ ހިލާފުވެފައިވާތީ އެވެ
އެގޮތުން އިމާރާތް ކުރުމުގެ އިދާރީ ގަވައިދުގެ 132 ވަނަ މާއްދާގެ ދަށުން ގޭގެ ވެރިފަރާތް ޖޫރިމަނާ ކުރީ ފަސް ފަންގިފިލާގެ އަކަފޫޓަކަށް 100ރ.ގެ މަގުން ޖުމްލަ 73،545ރ، ބިންގަނޑު ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000ރ. އަދި އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު،އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000ރ. އެވެ.
އެ ޖޫރިމަނާ ފައިސާ 7 ދުވަހުގެ ތެރޭ ދައްކަން ސިޓީ ކައުންސިލުން ވަނީ އަންގައިފަ އެވެ.
0%
0%
0%
0%
0%
13 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2