މަގުމަތީ ހަރަކާތެއް އޮތް ރެއެއްގައި ފުލުހުންތަކެއް އެ ސަރަހައްދު ޕެޓްރޯލްކުރަނީ: ފުލުހުން ނޫސްވެރިއަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ - ކުރިއަށް މީޑިއާ ކެމެރާ
ހުއްދަ ނެތި ޑްރޯން އަރުވަން ހުރި ނޫސްވެރިއަކަށް ފުލުހުން އަނިޔާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުއްދަނެތި ހުޅުމާލެ ދެވަނަ ފިޔަވަހި މިމަހަށް މަގު ބީޗް ސަރަހައްދުގައި މީހަކު ޑްރޯން އަރުވާތީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން އެ މީހާގެ އަތުގައި ހުއްދަ އޮތްތޯ ސުވާލު ކުރި ކަމަށެވެ.
އެއާއެކު މައުލޫމާތު ދިނުމަށާއި ހުއްދަ ދެއްކުމަށް އެ މީހާ އިން ކާރު ކުރި ކަމަށެވެ.
ހުއްދަ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ހަޑި ހުތުރު ބަހުން ފުލުހުންނާ މުހާތަބު ކުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަން އަށް ގެންދިޔައީ ފުލުހުންނާ ހުތުރު ބަހުން މުއާމަލާތް ކޮށް، އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ޕޮލިސް ސްޓޭޝަން އަށް ގެންދިއުމަށްފަހު އޭނާ އާ ސުވާލުކޮށް ހުއްދަނެތި ޑްރޯން ނޭރުމަށް ނަސޭހަތްތެރި ވެފައިވާކަމަށެވެ.
މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަށް އަނިޔާ ކުރި ކަމަށް ތުހުމަތު ކުރާތީ ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ.
އެނގިފައިވާ ގޮތުގައި އެއީ ރާއްޖޭގެ ނޫހެއްގައި މަސައްކަތްކުރާ ފޮޓޯ ޖާނަލިސްޓެކެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0