ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 37 ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އިމާރާތުގެ މައި ފާހާނާ ހޮޅިއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، ގެއްލުންތަކާ ގުޅިގެން އެ ޓަވަރުގެ ބައެއް އެޕާޓްމަންޓުތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމަށެވެ.
އެޗްޑީސީން ދަނީ ނަރުދަމާއަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެންޑީއެމުން ބުނީ، ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ހާދިސާއާ ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަނެ މަރާމާތުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެންޑީއެމްއޭ، އެމްއެންޑީއެފް، ފުލުހުން، އެޗްޑީސީ، އެމްޑަބްލިއުއެސްސީ އަދި ސްޓެލްކޯ ގުޅިގެންނެވެ.
ހިޔާ ޓަވަރު 5 ގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރޭ 7 ޖަހާކަށްހާއިރެވެ. އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަނުން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާން ކޮންޓްރޯލް ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2