ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ޝައުގުވެރިވާ ކުންފުނިތަކަށް އެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިންވެސް އެ ހިދުމަތަށް ހުޅުވާލި އެވެ. ނަމަވެސް އަލުން ހުޅުވާލަށް ނިންމީ، އުސޫލަށް ބައެއް ބަދަލުތައް ގެނައުމަށެވެ.
ޓްރާންސްޕޯޓުން މިހާރު ވަނީ އަލުން އުސޫލުތައް އާއްމުކޮށް އެ ހިދުމަތް ދިނުމަށް ޕްރޮޕޯސަލް ހުށައެޅުމަށްވެސް ހުޅުވާލާފަ އެވެ. ހިދުމަތަށް އަލުން ހުޅުވާލި މައިގަނޑު މަގުސަދަކީ، ވިޔަފާރި އުސޫލުން ހިދުމަތް ދިނުން ކަމަށާއި، އަދި ހިދުމަތުގެ ޝަރުތު ތަކުގެތެރޭގައި ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދިނުމަށް ސަރުކާރުގެ ބޭނުމަށް ކަނޑައެޅޭ އުސޫލުތަކެއްގެ ދަށުން ހިދުމަތް ދޭންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.
ސިއްހީ ކުއްލި ހާލަތްތަކުގައި ދޭ ހިދުމަތައް ކަނޑައެޅޭ ވަކި އުސޫލަކުން ދޭން ޝަރުތުކޮށްފައިވާއިރު، އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ 3 އަހަރު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް ހިދުމަތް ދޭންޖެހޭނެ ކަމަށް ކަނޑައަޅަފައިވާއިރު، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްގެންދާނީ ކަނޑައެޅޭ އުސޫލުން ސަރުކާރުން އަގު އަދާކުރާ ގޮތަށެވެ.
އަދި ހިދުމަތަށް ހޮވޭ އޮޕަރޭޓަރުންނަށް އެންމެ ގިނަވަގެން ހުއްދަ ދޭނީ 10 އަހަރު ދުވަހުގެ މުއްދަތައް ރާއްޖޭގައި ހިދުމަތް ދިނުމަށާއި، އޮޕަރޭޓަރަކަށް ހުއްދަ ދިނުމުގައި ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ބަލާނެ ކަމަށް އުސޫލުގައިވެ އެވެ.
ހިދުމަތް ދިނުމަށް ޝަޢުގުވެރިވާ އޮޕަރޭޓަރުންނަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ އަންނަ މާޗް މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޖޫން މަހުގެ މެދުތެރޭގައި ކޮންޓްރެކްޓް ހަދާ، ކުންފުނިތަކަށް ހުއްދަ ދިނުމަށް ނިންމާފައިވެ އެވެ.
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
22 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2