އަހާ" ފޯރަމްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިހުސާން ވާހަކަދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރު ކުރި ރައުދު އަހްމަދު ޒިލާލް، ހައްޔަރު ކުރުން ލަސް ނުވާ ކަމަށާއި ހެކި ލިބުމާއެކު އޭނާ ހައްޔަރު ކުރި ކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ވަޒީރު އިހުސާން މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން މިރޭ ގެނެސްދިން "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުންގެ ތަހުގީގުގައި އިހުމާލުތައް ހުރި ކަމަށް ބުނެ އާންމުންގެ ކަންބޮޑުވުން ބޮޑުވެފައިވާ މި މައްސަލައިގެ ސުވާލު އާންމު މީހަކު ވަނީ ކޮށްފަ އެވެ. ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ކަމަށް ވާތީ އެ ކަމާ ގުޅުވަ އެވެ.
އެ ސުވާލުގެ ޖަވާބުގައި ވަޒީރު އިހުސާން ވިދާޅުވީ، މި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށުމަށްފަހު ރައުދުއާ ދެކޮޅަށް ހެކި ލިބުމާއެކު އޭނާ ހައްޔަރު ކޮށްފައިވާ ކަމަށާއި ރައުދު ހައްޔަރު ކުރުމުގައި ހަގީގަތުގައި ލަސްނުވާ ކަމަށެވެ.
ވަޒީރު އިހުސާން ވިދާޅުވީ، ސީސީޓީވީ ފުޓޭޖުން ރައުދު ފެނިގެން އޭނާ ގެނައި ކަމަށާއި އަދި އޭނާގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށެވެ. އަދި އޭރު ތަހުގީގުކުރީ މަސްތުވާތަކެތީގެ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފަހުން ލިބުނު މައުލޫމާތުގެ އަލީގައި ހައްޔަރުކުރަން ޖެހުނު ހިސާބުން (ރައުދު) ހައްޔަރުކުރީ. އެހެންވީމާ ފުލުހުންގެ ތަހުގީގަކީ ޕްރޮގްރެސިވްކޮށް ލިބެމުން އަންނަ ހެކިތަކަށް ބަލާފަ ކުރަމުން އަންނަ ތަހުގީގެއް، އަޅުގަނޑުމެންގެ ހިތު ލަަފައަށް އަޅުގަނޑުމެން ހީކުރާ ގޮތަށް ކުރަމުން އަންނަ ކަމެއް ނޫން" ވަޒީރު ވިދާޅުވިއެވެ.
އެހެންވެ ޕްރޮފެޝަނަލް ތަހުގީގެއް ކުރަމުންދާ އިރު ހެއްކާ ގަރީނާ ލިބެމުންދާ ވަރަކުން ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެގޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.
މިރޭގެ "އަހާ" ފޯރަމްގައި ދާޚިލީ ސަލާމަތާބެހޭ ވަޒީރާ ކޮށްފައިވާ އިތުރު ސުވާލަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރު ނިމޭއިރު ރާއްޖެއިން މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރައްވާނެކަން ޔަގީންކަމާއެކު ވިދާޅުވަނީ ކީއްވެތޯއެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ފަށައިގަތީވެސް މިކަމާ ގުޅޭ ހުރިހާ އިދާރާތަކެއް މި ވުޒާރާއެކު މަސައްކަތް ކުރެވޭނެ ގޮތަށް މި ވުޒާރާ ތަރުތީބު ކޮށްގެން." އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު އިހުސާން ވިދާޅުވީ ކުރީގައި އޮތް އެކި މައްސަލަތަކާއި، އެއް އިދާރާ އަނެއް އިދާރާގެ މަސައްކަތްތަކުގެ ފުށުއެރުންތައް ނަގާފައި ދައުލަތް އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތް ދާޚިލީ ސަލާމަތާބެހޭ ވުޒާރާއިން ފަށާފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން މިފާއިތުވެދިޔަ 18 މަސް ދުވަސް ތެރޭގައި 700 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލެވިފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0