އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގެ ގަވައިދު ބަދަލުކުރުމުގެ ސަަބަބުން މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
ސަރުކާރުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދު މިދިޔަ ހަފްތާގައި ގެޒެޓް ކޮށްފައިވާއިރު އަންހެން ސިވިލް ސާވަންޓުގެ ހެދުން އަޅަންޖެހޭ މިންގަނޑުތަކެއް ވަނީ ބަޔާނޮކޮށްފަ އެވެ.
އެމްޑީޕީން ބުނީ އެ ގަވައިދަކީ ގާނޫނު އަސާސީން އަންހެނުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ހުރަސް އެޅޭ ކަމަށެވެ. އަދި މަސައްކަތުގެ ފެންވަރާއި ޕްރޮފެޝަނަލިޒަމް ބިނާވާންޖެހޭނީ މުވައްޒަފުގެ ގާބިލުކަމާއި، ނެރެދޭ ނަތީޖާ އާއި، އަދި ދޭ ހިދުމަތުގެ ފެންވަރުގެ މައްޗަށް ކަމަށެވެ.
''އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި އިސްތަށިގަނޑުގެ ކުލައަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރެވޭނެ މިންގަނޑުތަކެއް ނޫނެވެ. އެހެންކަމުން، މިއީ ޕްރޮފެޝަނަލިޒަމްގެ ނަމުގައި، އަންހެނުންނާ ދެކޮޅަށް ހިންގާ ތަފާތުކުރުމެކެވެ'' އެމްޑީޕީން ބުންޏެވެ
އެމްޑީޕީން ބުނީ އެ ފަދަ ސިޔާސަތުތަކުގެ ސަބަބުން، މުއައްސަސާތަކުގެ ހިންގުމާއި ހިދުމަތްތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެ، މަސައްކަތުގެ މާހައުލަކީ އަންހެނުންނަށް ނުތަނަވަސްކަން އޮންނަތަނަކަށް ބަދަލުވެގެންދިއުމުގެ ބިރު އެބައޮތް ކަަމަށެވެ.
''މި ފަދަ ހަރުކަށި އުސޫލުތަކުގެ ބޭނުމަކީ، އަންހެނުންގެ ހެދުން އެޅުމާއި ސިފައަށް ބަލައި، ވަޒީފާގެ ކުރިއެރުން ނުދިނުމާއި ނުވަތަ އަދަބު ދިނުންފަދަ ކަންކަން ކުރަން ފެށުންކަމަށް ދެކެމެވެ'' އެހެންކަމުން، އެ ފަދަ އުސޫލުތަށް އުވައިލުމަށް އެމްޑީޕީން ވަނީ ސިވިލް ސާވިސް ކޮމިޝަނަށް ގޮވާލާފަ އެވެ.
0%
0%
0%
0%
0%
10 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
23 ގަޑިއިރު ކުރި
0
23 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2