އެމެރިކާ އާއި އިސްރާއީލް ގުޅިގެން އީރާނަށްދޭން ފެށި ހަމަލާތަކާ ގުޅިގެން ރައްދުގައި އީރާނުން ހަމަލާ ދޭ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ހުންނެވިކަން ހާމަވެއްޖެ އެވެ.
ޔޫއޭއީ ގައި ހިންގާ މުލްކު ކުންފުނީގެ ވެރިޔާ ޝާޖިއުލް މަލިކު ވަނީ ފޭސްބުކް ގައި، ނައިބް ރައީސްގެ އިތުރުން ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައިވާ ސަފީރު ހުސެއިން ޝަރީފް (މުންދު) އާ އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށްފަ އެވެ.
އެ ފޮޓޯގެ ޕޯސްޓުގައި މުލްކު ވިދާޅުވީ ދެ ބޭފުޅުންނަށް ބައްދަލުވެވަޑައިގެންވީތީ ވަރަށް އުފާ ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ނައިބް ރައީސް ޔޫއޭއި އަށް ވަޑައިގެން އުޅުއްވަނީ ނުރަސްމީ ދަތުުރުފުޅެއްގަ އެވެ.
ޔޫއޭއީގެ ޑިފެންސް މިނިސްޓްރީން އިއްޔެ ބުނެފައިވާ ގޮތުން، އެ އެ ގައުމަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތައް ދިފާއުކުރުމުގައި އެ ގައުމުގެ އަސްކަރިއްޔާއިން ވަރަށް ފުރިހަމަ ގާބިލުކަން ދައްކުވައިދީފައިވާ ކަމަށެވެ. ނަމަވެސް، މިސައިލްތައް ގޮއްވާލުމުގެ ތެރޭގައި އޭގެ ބައިތައް އަބޫދާބީގެ މީހުން ދިރިއުޅޭ ސަރަހައްދަކަށް ވެއްޓި މީހަކު މަރުވެފައިވާ ކަމަށެވެ.
މެދުއިރުމަތީގައި ދެމެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ރާއްޖެއިން ވަނީ ހުރިހާ ފަރާތަކަށްވެސް ގޮވާލާފަ އެވެ.
0%
0%
0%
0%
0%
3 ގަޑިއިރު ކުރި
0
3 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2