ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިއީ ދުނިޔޭގެ ގާނޫނުތަކާ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް ބަލާއިރުވެސް ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ. އަދި މި ހަމަލާތައް ދެމުންދަނީ ބަރަކާތްތެރި ރަމަޟާންމަހު ކަމަށްވާތީ ރާއްޖެއިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.
މި މައްސަލައިގައި ރާއްޖެއިންވަނީ ބައިނަލްއަގްވާމީ ދުނިޔެއަށް ޔަހޫދީން ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
މި ހިނގަމުންދާ ބަރަކާތްތެރި ރަމަޟާންމަހުގައި މިހާތަނަށް އެ ގައުމުގެ ކުށެއްނެތް ކުޑަކުދިން ހިމެނޭގޮތަށް 400 އަށްވުރެން ގިނަ މީހުން ޔަހޫދީން ވަނީ ޝަހީދުކޮށްލާފައެވެ.
ޔަހޫދީން މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ ހަމަލާތަށް އަލުންފަށާއި ނިރުބަވެރި ހަމަލާތަށް ފަލަސްތީނުގެ އެކި ހިސާބުތަކަށް ދަނީ ދެމުންނެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމާވެސް ހިލާފުވެ ޔަހޫދީން ދަމީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ހަމަލާތަށް ވަރުގަދަކުރަމުންނެވެ.
މިވަގުތު ދެމުންގެންދާ ހަމަލާތަށް ޔަހޫދީން އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގައި އޮތް ޣައްޒާ ސިޓީގެ އިތުރުން މެދުތެރެ އާއި ދެކުނުގައި އޮތް ދަޔިރް އަލް-ބަލަހާއި، ޚާން ޔޫނިސް އަދި ރަފާހުގައި އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށެވެ.
މި ހަމަލާތައް ދޭން ފަށާފައިވަނީ ހަމާސް ޖަމާއަތާއެކު ޔަހޫދީން ވެފައިވާ އެއްވަސްވުމާ ހިލާފަށްކަމަށް އެ ޖަމާއަތުން ހާމަކޮށްފައިވެއެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

3 ދުވަސް ކުރި

17 މާރިޗު 2025
0