ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި މިއަދު ޓާސްކްފޯހަކުން ވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ ވަޢުދުފުޅެއްގެ ދަށުން ކުރިއަށް ގެންދެވުނު އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ބިދޭސިންގެ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އެމީހުންގެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމާއެކު، ދިވެހި ރައްޔިތުންނަށް ވިޔަފާރިކުރުމުގެ ހައްޤު ފުރުޞަތު ހޯދައިދިނުމެވެ.
އޮޕަރޭޝަން ފެށުމުގެ ކުރިން ބޭއްވުނު ބްރީފިންގގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް އާއި ކަމާގުޅޭ އެހެނިހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އޮޕަރޭޝަންގައި ޓާސްކްފޯހުގެ ޓީމުތައް ގްރޫޕްތަކަށް ބަހާލައިގެން މާލޭގެ 9 ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަނަކީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެމިގެންދާނެ އޮޕަރޭޝަނެއް ކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދެއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައްސަލައަކީ ދިވެހި މުޖުތަމަޢުގައި ދިމާވެފައިވާ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މިއީ އެޅުނު އެންމެ ފަހުގެ ފިޔަވަޅެވެ.
0%
0%
0%
0%
0%
20 ސެޕްޓެންބަރު 2025
0
26 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0