ވެރިކަން ކުރާ ޕީއެންސީގެ ނައިބު ރައީސުންގެ ތެރޭގައި ދިފާއީ ވަޒީރު މުހައްމަދު ގައްސާން މައުމޫނާއި މަސްވެރި ވަޒީރު އަހުމަދު ޝިޔާމް އަށް ދޭން އެ ޕާޓީގެ ސެނެޓުން ރޭ ފާސްކޮށްފި އެވެ.
ޕީއެންސީގެ ސެކްރެޓެރީ ޖެނެރަލް މުއާޒު ހަލީމް ފޭސްބުކްގައި ލިއުއްވި ގޮތުގައި ގައްސާނާއި ޝިޔާމަށް ނައިބު ރައީސް ކަން ދެއްވަން ސެނެޓަށް ހުށަހެޅުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުލްރަހީމް އަބްދުﷲ އެވެ.
ޝިޔާމާއި ގައްސާނަކީ ޕީޕީއެމް އުވާލިއިރު އެ ޕާޓީގެ ނައިބު ރައީސުންގެ މަގާމުގައި ތިއްބެވި ދެ ބޭފުޅުންނެވެ. ޕީއެންސީ/ޕީޕީއެމް ކޯލިޝަނުގައި ކުރިން މައި ޕާޓީއަކީ ވެސް ޕީޕީއެމެވެ.
ޕީޕީއެމް އުވާލީ، އެއް ޕާޓީއެއް ގޮތުގައި މުޅި މެންބާޝިޕް ބޭއްވުމުގެ ވިސްނުމެއްގަ އެވެ.
ޕީޕީއެމް އޮއްވައި އެ ޕާޓީގެ އިސް ބަޔަކު ޕީއެންސީ އުފެއްދީ އޭރު ކޯޓުގައި އޮތް މައްސަލައެއް އޭރުގެ ޕީޕީއެމްގެ ލީޑާޝިޕަށް ގެއްލިދާނެ ކަމުގެ ބިރު އޮވެގެނެވެ. ޕީޕީއެމް އަނބުރާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދިނުމަކީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެއް ވެސް މެ އެވެ.
ކޯޓުގައި އޮތް މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބު ވުމުން ދެ ޕާޓީ ކޯލިޝަން ހަދައިގެން ހިންގަން ފެށި އެވެ.
ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން 2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ. އޭރު ޕީއެންސީން ބެކްއަޕް ކެންޑިޑޭޓެއް ގޮތުގައި ރައީސް މުއިއްޒު ވާދަކުރެއްވުމަށް ދެ ޕާޓީން ނިންމި އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0