މޯލްޑިވްސް ގޭސްގެ ގޭސް ފުޅިތަކެއް/ ފޮޓޯ: ވަން އޮންލައިން
މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ ބަލައިދޭން ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރެވެ.
ޝަކީރު އެސްއޯއީ އަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މޯލްޑިވްސް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރު ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށްވާއިރު އެ ފައިސާ އަދިވެސް ނުފެންނާތީ އެ މައްސަލައިގެ ތަހުގީގެއް ހިންގައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސަށް ދެއްކި 3.7 މިލިއަން ރުފިޔާ ގެއްލުނު މައްސަލަ ތަހުގީގުކޮށްދޭން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ބަލައިދޭން އެ ކޮމިޓީއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެމްބަރު އަހްމަދު ޝާކިރެވެ.
އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވީ މޯލްޑިވްސް ގޭހުގެ ގޭސް ޝިޕްމަންޓުގެ އެޑްވާންސަށް ދެއްކި 246،645 ޑޮލަރު ގެއްލިފައިވާ މައްސަލައަކީ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކުރެވޭ ސީރިއަސް ތުހުމަތެއް ކަމަށެެވެ. އެ ފައިސާ އަދިވެސް ނުފެންނާތީ، އެ މައްސަލައިގެ ތަހުގީގެއް ހިންގައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
އެ ސިޓީގައި ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުالله މުހައްމަދަށް ވެސް ތުހުމަތެއް ކުރައްވައި ޝާކިރު ވިދާޅުވި ގޮތުގައި ގޭސް ކުންފުނީގެ އެމްޑީ ވަނީ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޝަމްހީދަށް ބިރުދެއްކެވުން ކަމަށް ދޭހަވާ ގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފައި ކަމަށެވެ. އަދި އެ މައްސަލަ ވެސް ބަލައިދޭން އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ގޭސް ޝިޕްމަންޓަށް ދެއްކި ފައިސާ ގެއްލުނު މައްސަލަ ތިލަކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގައި މަޖިލިހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެވެ.
ނާޒިމް ވިދާޅުވެފައިވާ ގޮތުން އެޑްވާންސްގެ ގޮތުގައި ދެއްކި ގިނަ އަދަދެއްގެ ފައިސާ ގެއްލުނުއިރު އެ ފައިސާ ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ.
0%
0%
0%
0%
0%
3 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2