ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މި ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.
މި މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ހައިކޯޓު މެދުވެރިކޮށް އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން، މިފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމަށް ވެސް ތައްޔާރުވަމުންދެއެވެ.
ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކުރުމާއި، އެފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެއެވެ. ހަމައެހެންމެ، މިފަދަ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދެވިގެން ތަހުގީގުތައް ކުރިއަށްދާނެއެވެ.
މީގެއިތުރުން، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ހާޒިރީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ ފަރާތްތައް ބަލައި ފާސްކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި އިންތިޒާމުވެގެން ހިންގާ ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުންދާތީ، އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާނެއެވެ.
ފުލުހުންގެ ހިދުމަތުން ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެކެވެ. އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ފުލުހުންގެ ހިދުމަތުން ޝުކުރު އަދާކޮށްފައިވެއެވެ.
0%
0%
0%
0%
0%
21 ސެޕްޓެންބަރު 2025
0
20 ސެޕްޓެންބަރު 2025
0
22 އޮގަސްޓު 2025
0
22 އޮގަސްޓު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0