ރާއްޖޭގައި ގޭންގުތަކުގައި ޒުވާނުން މިހާރު ނޫޅޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ އޮގަސްޓް މަހު ގޭންގުތަކާއި ރާވައިގެން ހިންގާ ކުށްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭ ގޮތަށް ހެދި ގޭންގް ކުށްތަކުގެ އާ ގާނޫނަށް އަމަލުކުރަން ވަނީ ފަށާފަ އެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އާ ގާނޫނުގެ ދަށުން ކިތައް ގޭންގް ކަނޑައެޅިއްޖެތޯ ހޯމް މިނިސްޓަރު އަލީ އިހުސާން ގާތުން އޮޅުންފިލުއްވި އިރު، ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށެވެ.
"ގޭންގް ކުށް ހުއްޓާލައި މިހާރު އެ ކުދިން ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި" ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭން ގާނޫނުގައި ހިމަނާނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުގައި ސަޕްލައި ހުއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރިހެބިލިޓޭޝަނަށް ފަރުވާ ދިނުން ހަރުދަނާ ކުރާނެ ކަމަށެވެ. އަދި ކަމަށާއި އެގޮތުން މިހާރު ހަދަމުން އަންނަ، މަސްތުވާތަކެތީގެ ފަރުވާ ދޭ މަރުކަޒުތަކާއެކު ޒުވާނުން މި ވަބާއިން ސަލާމަތް ކުރުން އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
6 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2