ގަމުގައި ހަދާ ހައުސިން ޔުނިޓުތައް--- އަހުމަދު އިޒްމީމް
ލ. ގަމުގައި ހަދާ 100 ހައުސިން ޔުނިޓުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދަށްކައިފިއެވެ.
ގަމުގައި 100 ހައުސިން ޔުނިޓް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 89 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން ހަދަން ހަމަޖެހިފައިވާ 100 ހައުސިން ޔުނިޓުގެ ތެރެއިން ހުރިހާ ޔުނިޓެއް ވަނީ ހިޔާކޮށް ނިމިފައިކަމަށް ގެދޮރުވެރިކަމުގެ ވުޒާއިން ނެރެފައިވާ ރިޕޯޓުގައިވެއެވެ.
އޭގެތެރެއިން ގިނަ ޔުނިޓުތަކުގައި ސިމެންތިޖަހައި ނިމިފައިވާކަމަށާއި އެތެރެއާއި ބޭރު އެއްކޮށް ސީލިންގްކޮށް ނިމިފައިވާކަމަށާއި 70 ޔުނިޓެއްގެ މުށި ޖެހުމުގެ މަސައްކަތް ނިންމާފައިވާއިރު އެ ޔުނިޓްތަކުގެ ކަރަންޓް ވައިރުކޮށް ނިމިފައިވާކަމަށްވެސް ގެދޮރުވެރިކަމުގެ ވުޒާރާއިން ނެރުނު ރިޕޯޓްގައިވެއެވެ.
ގަމުގައި 100 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއަކީ 2022 ވަނަ އަހަރުގެ މެއި މަހު އެސްޖޭ ކޮންސްޓްރަކްޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށް އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން 1000 އަކަފޫޓުގެ ވަކި ގޭގެ ގޮތުގައި 100 ހައުސިން ޔުނިޓު ހަދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި، ތިން ފާހާނަ، ސިޓިންގްރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނަ ހައުސިން ޔުނިޓުތަކެވެ.
މީގެ އިތުރުން މި މަޝްރޫއު އެއްކޮށް ނިމޭއިރު، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށައި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް، ޕާކަކާއި ވެެހިކަލް ޕާކް ކުރެވޭނެ ޒޯނެއްވެސް ހަދާނެއެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

3 ދުވަސް ކުރި

17 މާރިޗު 2025
0