ފުވައްމުލަކުގެ ސަޕްލައި ފެނަށް މައްސަލަ ދިމާވުމުން މިދިޔަ މަހަށް ބިލު ނުކުރާ ގޮތަށް ފެނަކަ ކޯޕަރޭޝަނުން ނިންމައިފި އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފުވައްމުލަކަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކޮށް، ރަނގަޅު ފެންވަރެއްގައި އެ ހިދުމަތް އަލުން ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.
ފެނުގެ ނެޓްވޯކުގެ މަސައްކަތްތައް މިދިޔަ މަހު ކުރަމުން ދިޔައިރު، ފެން ކެނޑުމާއި ފެނުގެ ޕްރެޝަރު ދަށްވުން ކަހަލަ ކަންކަން ހިނގާފައިވާ ކަމަށާއި ފެނުގެ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މި ކަންކަމަށް ރިއާޔަތްކޮށް، ރައްޔިތުންނަށް ލުޔެއް ދިނުމަށްޓަކާ، ފާއިތުވި ނޮވެމްބަރު މަހު ފުވައްމުލައް ސިޓީގެ ފެނަށް ބިލު ނުކުރާ ގޮތަށް ނިންމާފައިވާ ވާހަކަ ދެންނެވީމެވެ،" ފެނަކައިގެ ބަޔާނުގައި ބުންޏެވެ.
ފުވައްމުލަކުގެ ސަޕްލައި ފެނުގެ ނެޓްވޯކަށް މައްސަލަ ދިމާވެ، ފެން ތަގައްޔަރުވުމާ ގުޅިގެން އެ ރަށުން ފެނުގެ ހިދުމަތް ހަތަރު ދުވަހަށް މެދުކަނޑާލަން ޖެހުނެވެ. އެ މައްސަލަ ހައްލުކޮށް ފެން އަލުން ދޫކުރަން ފެށި ނަމަވެސް ފެނުގެ ކުލަ ހަޑިކޮށް ހުރުމާ އެކު އެމްއެފްޑީއޭ އިން ވަނީ ފެނުގެ ކޮލިޓީ ބެލުމަށް ޓެސްޓުތައް ހަދައިފަ އެވެ.
އެމްއެފްޑީއޭގެ ޓެސްޓުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ،ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެކެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2