އަންގާރަ - 8 އެޕްރީލު 2025
ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތަށް ސްޕޮންސާ ދިނުމުގެ ފުރުސަތު އަދި ވެސް ހުޅުވިފައިވާކަމަށް އެ މުބާރާތް ބާއްވާ ބޮޑުބެ ގްރޫޕުން ބުނެފިއެވެ.
ބޮޑުބެ ގްރޫޕްގެ ފައުންޑާ އަދި ސީއީއޯ އަހުމަދު ސައީދު ބުނީ ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ އަގުބޮޑު އަދި އެންމެ ބޮޑު ފުޓުސަލް މުބާރާތުގައި ބައިވެރިވުމަށް ކޮންމެ ވިޔަފާރިއަކަށް ވެސް ހުޅުވިފައިވާކަމަށެވެ.
ސައީދު ބުނީ އެ މުބާރާތަށް ސްޕޮންސާ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކި ގިންތިން ސްޕޮންސާ ކުރެވޭނެކަމަށެވެ. އެގޮތުން މުބާރާތުގެ ޕްރެސެންޓިން ޕާޓްނަރަކަށް ވުމުގެ އިތުރުން ޕްލެޓިނިއަމް, ގޯލްޑް, ސިލްވާ އަދި ބްރޯންޒް ޕާޓްނަރަކަށް ވުމުގެ ފުރުސަތު އަދި ވެސް އެބައޮތްކަމަށް އޭނާ ބުންޏެވެ.
ބޮޑުބެ ފުޓްސަލް ޗެލެންޖަށް ސްޕޮންސާ ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް 9689646 އަށް ގުޅައި މައުލޫމާތު އޮޅުންފިލުވޭނެކަމަށް ވެސް ސައީދު ބުންޏެވެ.
ބޮޑުބެ ފުޓްސަލް ޗެލެންޖަށް ސްޕޮންސާ ދޭ ފަރާތްތަކުގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި އިޝްތިހާރު ކުވޭނެކަމަށް ވެސް ސައީދު ބުންޏެވެ. އެގޮތުން ދަނޑުގައި ބޭނުންކުރާ އިޝްތިހާރު ބޯޑުތަކުގައި އިޘްތިހާރު ކޮށްދިނުމުގެ އިތުރުން މުބާރާތުގައި ބޭނުންކުރާ ޕޯސްޓަރުތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތަކުގައި ވެސް ވިޔަފާރިތައް އިޝްތިހާރުކުރެވޭނެކެމަށް އޭނާ ބުންޏެވެ.
ސައީދު ބުނީ ބޮޑުބެ ފުޓްސަލް ޗެލެންޖަކީ ފުވައްމުލަކުގެ ފުޓްސަލް ކުޅުމަށް ޝައުގުވެރިވާ ކުޅުންތެރިންގެ ހުނަރު ވަރަށް ފުޅާ ދާއިރާއެއްގައި ދައްކާލެވޭނެ މުބާރާތަކަށް ވާނެކަމަށެވެ. އެ މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ކުޅޭނެކަމަށް ވެސް އޭނާ ފާހަގަކުރިއެވެ. ބޮޑުބެ ފުޓްސަލް ޗެލެންޖުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުން އެކަތިގަނޑަކަށްވެ ރަށު ރޫހު އާލާވާނެކަމަށް ވެސް ސައީދު ބުންޏެވެ.
ބޮޑުބެ ފުޓްސަލް ޗެލެންޖު ފުވައްމުލަކުގައި ފަށަން ހަމަޖެހިފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 50 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 25 ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ މުބާރާތުގެ ބްރޭންޑް އެމްބެސެޑަރަކަށް ވަނީ ފުވައްމުލަކުގެ ނަން މަޝްހޫރު ކުޅުންތެރިޔާ މޫސާ އަޒީމް ހަމަޖައްސައިފައެވެ.
ބޮޑުބެ ފުޓްސަލް ޗެލެންޖު 2025 ގެ ޕީއާރު ޕާޓްނަރަކީ "ކުރިއަށް"އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
5 ދުވަސް ކުރި
0

24 މާރިޗު 2025
2

1 މާރިޗު 2025
1

17 މާރިޗު 2025
0