ފުރަތަމަ ފަހަރަށް ބޭއްވި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ފުޓްސަލް ޓީމު ހޯދުމަކީ މި ފަހުން ރާއްޖޭގެ ފުޓްބޯޅަ އަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެއީ ދިވެހިންނަށްވެސް ލިބުނު ބޮޑު ފަހުރެކެވެ. އެކަމަކު ތަށި ހިފައިގެން ޓީމު ރާއްޖެއަށް އައުމުން ލިބުނީ ހީކުރި ވަރަށްވުރެ ފިނި ތަރުހީބެކެވެ. ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޓީމަށް މަރުހަބާ ދެންނެވީ، ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއާއި، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަހުމަދު ތާރިގު (ޓޮމް) ގެ އިތުރުން، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތަލާލް އެވެ.
އެކަމަކު އާއްމުންގެ ފަރާތުން ހޫނު މަރުހަބާއެއް ޓީމަށް ނުލިބުނެވެ. ސިޔާސީ ޕާޓީތަކުގެ ހަރަކްތާތަކަށް އާޓިފިޝަލް ބީޗު ފުރާލި ނަމަވެސް ގައުމީ ފުޓްސަލް ޓީމަށް އެތަނަށް އެއްވީ މަދު އަދަދެއްގެ ބަޔެކެވެ. އާއްމުންގެ ފަރާތުން ޓީމަށް އާޓިފިޝަލް ބީޗުން ފިނި މަރުހަބާކަން ފާހަގަކޮށް ނޫސްވެރިޔާ ޝަހުޒާން ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ ފުޓްސަލް ޓީމު ރޭގައި ރާއްޖެ އެ އައީ މި ސަރަހައްދުގެ ރަސްކަން ހޯދައިގެން، ކުޅުނު ހުރިހާ މެޗެއް ބޮޑު ތަފާތުން ކާމިޔާބު ކޮށްގެން ކަމަށެވެ.
''އެކަމަކު، ޓީމަށް މަރުހަބާ ކިޔާލަން މަގުމައްޗަށް ނުކުންނާނެ ވަރު ދިވެހީންގެ ދެ ފައިގައި ނެތް ކަމަށެވެ. އެ މީހުންނަށް ޝުކުރު އަދާ ކޮށްލާނެ ވާގި ދިވެހީންގެ ދުލުގައި ނެތެވެ. މި ފާއިތުވި ހައެއްކަ މަސްދުވަސް ތެރޭގައި ތަފާތު ތިން ސިޔާސީ ޕާޓީއެއްގެ ހަރަކާތްތަކެއް ހަމަ އެ އާޓިފިޝަލް ބީޗުގައި ބޭއްވިއިރު، އިނގިލި ޖައްސާލާނެ ތަންފުކެއް ވެސް އެތަނުގައި ނެތެވެ'' ޝަހުޒާންގެ ޕޯސްޓުގައި ބުންޏެވެ.
''އެހެނަސް ދިވެހީންނަށް ރީތި ނަން ހޯދައިދިން ގައުމީ ޓީމަށް ތަރުހީބެއް ދޭން ރޭގައި އެތަނަށް އެއްވީ 1000 އެއްހާ މީހުންނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ'' ޝަހުޒާން ބުނީ ސިޔާސީ ވާދައިގައި ތިމާމެންގެ އުފަން ގައުމުގެ މަތީން ވެސް ދިވެހީން ހަނދާން ނައްތާލައިފި ކަމަށެވެ.
ރާއްޖޭގެ ކުޅިވަރުގެ ހަބަރުތައް ގެނެސްދޭ ''ސިޑިބަރި'' ގެ މެނޭޖިން ޑިރެކްޓަރު އައްފާން އަހުމަދު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނީ، ގައުމީ ޓީމަށް އެއަށްވުރެ ރަނގަޅު މަރުހަބާއެއް ހައްގު ކަމަށެވެ. އައްފާންގެ ޕޯސްޓަށް ކޮމެންޓުކުރި އެންމެން ކަހަލަ ގޮތަކަށް ބުނީ ފުޓްބޯޅަ މާ ބޮޑަށް ސިޔާސީވެއްޖެ ކަމަށެވެ.
0%
0%
0%
0%
0%
16 ގަޑިއިރު ކުރި
0
5 ދުވަސް ކުރި
0
6 ދުވަސް ކުރި
0
20 ޖަނަވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2