ބައިނަލްއަޤުވާމީ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަސް ފާހަގަކުރުމަށް ޚާއްސަ ޙަފްލާއެއް ބާއްވައިފި
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އެންޑޯމެޓްރިއޯސިސް ހޭލުންތެރިކަމުގެ މަހާ ގުޅުވައިގެން، މި ބަލި ތަޙައްމަލް ކުރަމުންދާ ކުދިން އިސްނަގައިގެން ރޭ ޚާއްސަ ޙަފްލާއެއް ބާއްވައިފިއެވެ. މި ޙަފްލާއަކީ މި ބައްޔާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި ބަލި ތަޙައްމަލްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ މަޤުޞަދުގައި ބޭއްވި ހަރަކާތެކެވެ.
އެންޑޯމީޓްރިއޯސިސް އަކީ ރަހިމުގެ އެތެރެ ފަށަލައާ އެއްގޮތް ސެލްތަކެއް މުޅި ހަށިގަނޑަށް ފެތުރޭ، އެކިއެކި ގުނަވަންތަކާއި އޭގެ ދައުރަށް އަސަރުކުރާ އިންފްލެމޭޓަރީ، ދާއިމީ ބައްޔެކެވެ.
ބޭރުފުށުން ފެންނަން ހުންނަ ބަލިތަކާއި ޚިލާފަށް އެންޑޯމީޓްރިއޯސިސްގެ އެޑްހީޝަންތަކަކީ ހަށިގަނޑު އެތެރޭގައި އުފެދޭ ފާރުތަކެކެވެ. ނަމަވެސް ދިގު މުއްދަތަކަށް އިންފްލެމޭޝަން ދެމިގެން ދިއުމާއި، އަދި މި އެޑްހީޝަން އޭގެ މައްޗަށް އުފެދޭ ފައިބްރަސް ޓިޝޫތަކުގެ ސަބަބުން ބަލީގެ އަސަރުކުރާ ސަރަޙައްދުގައިވާ ނާރުތަކާއި، މަސަލް ޓިޝޫ އަދި ގުނަވަންތައް ތަތްވުމާއި، ގުނަވަންތަކުގެ ދައުރަށް އަސަރުކުރުމުގެ ސަބަބުން މިބައްޔަކީ ވަރަށް ވޭންގަދަ ބައްޔެކެވެ.
ދުނިޔޭގެ އެންމެ ވޭންދެނިވި 20 ބަލީގެ ތެރޭގައި އެންޑޮމީޓްރިއޯސިސް ހިމެނެއެވެ.
ދިރާސާތަކުން ދެނެގަނެވިފައިވާ ގޮތުގައި މިހާތަނަށް މިބަލި ވަނީ އޯވަރީ، ގޮހޮރު، ބްލެޑަރ، ލިގަމެންޓް، އެބްޑޮމިނަލް ވޯލް، ނާރުތައް، ސިޒޭރިއަން ލަކުނު، ފޫޅު، ކިޑްނީ، އެޕެންޑިކްސް، ފުއްޕާމޭ، ހިތް، ލޯ އަދި ނިޔަފަތިން ވެސް ފެނިފައެވެ.
މި ޙަފްލާގެ ތެރެއިން، އެންޑޯމެޓްރިއޯސިސްގެ އަލާމާތްތައް މެނޭޖްކުރުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުންނާއި، މި ބަލި ތަޙައްމަލް ކުރާ ކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ސަޕޯޓް ލިބޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް މަޢުލޫމާތު ޙިއްސާކޮށްފައިވެއެވެ. މީގެ އިތުރުން، އެއް ކުއްޖަކު އަނެއް ކުއްޖަކަށް ހިތްވަރުދީ، ބަލީގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކާފައިވެއެވެ.
މި ޙަރަކާތް އިތުރަށް ފުރިހަމަކުރުމުގެ ގޮތުން، ބައިވެރިންގެ މެދުގައި ގުރުއަތެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުން ހޮވުނު ތިން ކުއްޖަކަށް ވަނީ ޚާއްސަ ހަދިޔާތަކެއް ދީފައެވެ. މި ޙަފްލާގެ ސްޕޮންސަރުންގެ ގޮތުގައި ހިމެނެނީ އެވޮން، އައިލެންޑް ޕަރފިއުމް އަދި ތޫލްއެވެ.
މީގެ އިތުރުން، މި ޙަފްލާގައި ބައިވެރިވި ކޮންމެ ކުއްޖަކަށް ލޯލާ މޯލްޑިވްސްގެ ފަރާތުން ވަނީ ފިނިފެންމަލެއް ހަދިޔާކޮށްފައެވެ. މިފަދަ ޙަރަކާތްތަކުގެ ސަބަބުން އެންޑޯމެޓްރިއޯސިސް ފަދަ ބަލިތަކާ މެދު މުޖުތަމަޢުގައި އޮންނަ ހޭލުންތެރިކަން އިތުރުވެ، ބަލި ތަޙައްމަލްކުރާ ފަރާތްތަކަށް ބޭނުންވާ ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ލިބުމަށް މަގުފަހިވެގެންދާނެއެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
3 މާރިޗު 2026
0
1 މާރިޗު 2026
0
27 ފެބުރުވަރީ 2026
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2