ފޮޓޯ:އަވްސް
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ގަބޫލުކުރައްވައި، މަނީ ލޯންޑަކުރި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުވާ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލުކޮށްފައެވެ.
މި މައްސަލައިގެ އަޑުއެހުން އެންމެ ފަހުން ބޭއްވިފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. އޭގެ ފަހުން ތާވަލުކުރެވުނު އަޑުއެހުން ވަނީ ކެންސަލްކުރެވިފައެވެ. މިފަހަރުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ ހެނދުނު 9:00 އަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ފުއްގިރި ކުއްޔަށް ދޫކުރި މައްސަލައިގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލުކުރައްވައި، އެ ފައިސާ ލޯންޑަރކުރެއްވި ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށްވެސް މަނީ ލޯންޑްރިންގްގެ ދައުވާ އުފުލާފައިވެއެވެ.
އަދި މީގެ އިތުރުން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރެވުނު ދައުވާގައި ކްރިމިނަލް ކޯޓުން ކުރިން އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓުން ވަނީ އަންގާފައެވެ. ނަމަވެސް ހައިކޯޓުގެ އެ ހުކުމުގައި، އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެ ބައި ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން އަހުމަދު ކްރިކް ރިޟާ އާއި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑް އަދި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށްވެސް ދައުވާ އުފުލާފައިވެއެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
5 ދުވަސް ކުރި
0
10 އެޕްރީލު 2025
0
10 އެޕްރީލު 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0