ފުވައްމުލަކުގައި މުޒާހަރާ ކުރަނީ - ފޮޓޯ: ސޯޝަލް މީޑިއާ
ފެނަކައިން ސަޕްލައި ފޯރުކޮށްދެމުން އަންނަ ފެނުގެ ނެޓްވޯކަށް މައްސަލަތަކެއް ދިމާވުމާއި ގުޅިގެން ފުވައްމުލަކު ސިޓީން މިދޔަ ހޯމަ ދުވަހުން ފެށިގެން ވަނީ ފެން ކަނޑާލައިފަ އެވެ.
ފެން ކަނޑާލާފައިވަނީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ. އެ މައްސަލަ 6 ގަޑިއިރު ތެރޭގައި ހައްލުވާނެ ކަމަށް ސަރުކާރުން އިއްޔެ ބުނި ނަމަވެސް އަދި ހައްލެއް ނުވެ އެވެ.
މިއަދު ހަވީރު ފުވައްމުލައް ފެން ޕްލާންޓް ކުރިމަތީގައި ވަނީ މުޒާހަރާކޮށްފަ އެވެ. އިރުއޮއްސެން ދެން މުޒާހަރާ ކުރުމަށް ފަހު މި ވަގުތު ދެ ނަމާދު ދޭތެރޭ ވަގުތަށް މުޒާހަރާ ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް މިރޭ 8:30އިން ފެށިގެން އަނެއްކާ އެ ސަރަހައްދަށް މީހުން ޖަމާވާނެ އެވެ.
އެ ސިޓީގެ ރައްޔިތުންގެ ތެރެއިން ބަޔަކު މުޒާހަރާކުރަމުން ދަނީ 'ފެނުގެ ހައްގު ހޯދަން' މި ނަމުގަ އެވެ.
ފުވައްމުލަކަށް ސަރުކާރުން ފޮނުވި މިނެރަލް ވޯޓާ ފެން ކޭސްތައް ސިފައިން މެދުވެރިކޮށް ބެހުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސިފައިން ބުނި ގޮތުގައި ނަން ބޯޓް ކުރަމުންދާ ވަރަކަށް ފެން ކޭސް ދަނީ ފޯރުކޮށްދެމުންނެވެ.
ނަމަވެސް ފެން ބަހަމުންދާ ގޮތާ މެދު ވެސް މީހުންގެ ޝަކުވާ ބޮޑުވެފައިވެ އެވެ.
ފެން ތަގައްޔަރުވުމާ ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
0%
0%
0%
0%
0%
5 ގަޑިއިރު ކުރި
0
6 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2