ކުޅުދުއްފުށި ސިޓީގެ ކައުންސިލް މެންބަރުން - ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ކުޅުދުއްފުށި ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް، ފެނަކަ ކޯޕަރޭޝަނާއި އެ ސިޓީ ކައުންސިލުން އެއްބަސްވުމަކަށް އާދެވިފައި ނުވުމުން، ފެނަކައާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި އެވެ.
ލާމަރުކަޒީ ގާނޫނަށް ރިއާޔަތްކޮށް ކުޅުދުއްފުށީ ކައުންސިލުން ފާހަގަކުރި ގޮތުގައި ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭނީ ސިޓީ ކައުންސިލުންނެވެ. އަދި ތިންވަނަ ފަރާތަކުން ސިޓީއަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނީ ކައުންސިލްއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި އޮންނަ އިރުވެސް އެފަދަ އެއްބަސަވުމަކަށް ދާން ފެނަކައިން އިންކާރުކުރަމުންދާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމުކޮށްފައިވާ ގާނޫނީ ވާޖިބު އަދާކޮށް، އެ ސިޓީގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭކަން ކައުންސިލުން ކަށަވަރުކުރުމަށްޓަކައި، ފެނަކައާ ދެކޮޅަށް ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ކައުންސިލުން މިއަދު ވަނީ ނިންމައި، އެކަން ފާސްކޮށްފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ފެނަކަ އިން ކުޅުދުއްފުށީ ކައުންސިލަށް ފޮނުވި ސިޓީ އެއްގައި ބުނެފައި ވަނީ، ފެނަކަ އަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި އެހެންކަމުން ތިންވަނަ ފަރާތެއްގެ ގޮތުގައި ފެނަކަ ނުބެލެވޭނެ ކަމަަށެވެ.
ފެނަކައަށް ދިން ރައްދުގައި ކައުންސިލުން ބުނެފައި ވަނީ ފެނައަކީ ގާނޫނުގައި ބުނާފަދަ ތިންވަނަ ފަރާތެއް ކަމަށާއި ކައުންސިލަކާއެކު އެއްބަސްވުން ހެދިފައިނުވުމަކީ އެ ކައުންސިލާއެކު އެއްބަސްވުން ނުހެދޭނެ ސަބަބެއް ނޫން ކަމުގަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0