ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުން އެންމެންނަށްވެސް ހީވީ އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުންގަނޑު ނިމުމަކަށް އައީ ކަމަށެވެ. އެކަމަކު ރޭގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްމާއިލް އިސްތިއުފާދެއްވުމުން ޕާޓީ ތެރޭގައި ގުޅުން ބަދަހިނޫންކަން ވަރަށް މިވަނީ ވަރަށް ސާފުވެފަ އެވެ.
ރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމަވަމުން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވިކަން ވަނީ އިއުލާންކޮށްފަ އެވެ. ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި އެމްޑީޕީ ތެރޭގައި އޮތް އެތައް ކަމެއް ތިލަކޮށްދިނެވެ. ފައްޔާޒު ވިދާޅުވީ އޭނާއަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ މީހަކަށްވުމާއި، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް ހުރި ކަމަށެވެ.
"އެހެންކަމުން، މި ޕާޓީގައި މިހާރު ވެސް އިސްކޮށް ހަރަކާތްތެރިވާ އެޑްވައިޒަރާއި، ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއި ބާރާއެކު މި ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރަމެވެ'' ފައްޔާޒު ވިދާޅުވި އެވެ.
Fayaz Ismail MDP chairperson kamun isthiufaa dhehvamun dhehkevi aguhuri furihama vaahaka kolhu. pic.twitter.com/N76UE1gcMa — Mohamed Nasheed (@MohamedNasheed) November 23, 2025
ޕާޓީގެ ގުޅުން ބަދަހިކުރުމަށް ކޮށްފައިވާ މަސައްކަތްތައް ފައްޔާޒުގެ ސިޓީގައި އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އޭނާ ޗެއާޕާސަންކަމާ ހަވާލުވި ފަހުން ޕާޓީގެ އިދާރީ ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުނު ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ސޯލިހުއާއި، ނަޝީދާ ދެމެދު އޮތް ނުތަނަވަސްކަމަށް ހައްލު ހޯދުމަށާއި، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް މަޝްވަރާކުރުމަށް 2022 ވަނަ އަހަރު ބޭއްވުނު ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު ބަދަލުތަކެއް ގެނެވުނު ކަމަށެވެ. އެ ކޮންގްރެސް ނިންމާލީ ދެފަރާތުން ވެސް ވާހަކަ ދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ އެއްބަސްވުމާއި އެކުގައި ކަމަށެވެ.
އެކަމަކު ކަންކަން ހިނގީ އެއާ ހިލާފަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެގޮތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދެ ބޭފުޅުން ވެސް ވާދަ ކުރައްވާނޭ ކަމަށް އިޝާރާތްކުރެއްވުމުން، އެއީ ޕާޓީ ބައިބައިވުމަށް މެދުވެރިވެދާނޭ ކަމެއް ކަމަށް އިހުސާސުވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއަރޕާރސަންގެ މަޤާމުގައި @faya_i ހުންނަވައިގެން ޕާޓީއަށް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު ދަންނަވަމެވެ. މަނިކުފާނުގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު… https://t.co/fC01BfjmHC — Ibrahim Mohamed Solih (@ibusolih) November 24, 2025
ކުރީގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ އެމްޑީޕީގެ މެންބަރުންގެ ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ޕާޓީއަށް ލިބޭނެ ކުރިއެރުމެއް ނުފެންނަ ކަމަށެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2