ސުޕްރީމް ކޯޓުގެ ސަސްޕެންޑު ކޮށްފައިވާ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު، މަގާމުން ވަކިކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި ކްރިމިނަލް ކޯޓުގެ އަޑުއެހުމަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައާ ގުޅިގެންނެވެ.
ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީ އިން ވަނީ މި މައްސަލަ ދިރާސާކޮށް، އަޒްމިރަލްދާ އާއި މަހާޒް ވެސް މަގާމުން ވަކި ކުރަން ފެންނަ ކަމަށް ފާސްކޮށްފަ އެވެ. އަދި އެ ކޮމިޓީން މިއަދު ނިންމާފައިވަނީ ޖޭއެސްސީގެ ނިންމުމުގައި ގޯހެއް ނެތް ކަމަށެވެ. އަދި އެ ކޮމިޓީން މިއަދު ވަނީ މި މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވާފަ އެވެ.
ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީންނާއި މަޖިލީހުން އަމަލުކުރަމުންދާ ގޮތާ މެދު ގިނަ ފަރާތްތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖުޑިޝަރީ ކޮމިޓީގައި މި މައްސަލަ ސިއްރުން ކުރިއަށް ގެންގޮސް، އެ ކޮމިޓީއަށް ޖަވާބުދާރީވާން އެދި އަޒްމިރާލްދާގެ ފަރާތުން އެދުމުން އެ ފުރުސަތު ދީފައެއް ނުވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު 26 ވަނަ ދުވަހު އަޒްމިރަލްދާއާއި މަހާޒުގެ އިތުރުން ހުސްނުއްސުއޫދު ސަސްޕެންޑްކުރީ ޕާޓީން ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ފަށަން ތައްޔާރުވެފައި ވަނިކޮށެވެ.
މިދިޔަ މާޗު މަހު ހަތަރުވަނަ ދުވަހު ސުއޫދު ވަނީ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0