ރާއްޖޭގެ ތައުލީމު އެކްސްޕޯޓު ކުރުމުގެ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ އޮންލައިން ނޫސް ”ޖަވިޔަނި“ އަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މިނިސްޓަރު ހައިދަރު ވިދާޅުވީ، ރާއްޖެއަށް ކިޔަވަން އަންނަ ބޭރުގެ ފަރާތްތަކަށް ކަންކަން ހަމަޖައްސައިދިމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.
އެކަން ކުރުމަށް ސްޓޫޑަންޓް ވިސާއެއް ތައާރަފުކުރާނެ ކަމަށް ހައިދަރު ވިދާޅުވި އެވެ. އަދި ރާއްޖޭގައި ތިބުމުގެ ކަންކަން ހަމަޖައްސައިދިނުމުގެ މަސައްކަތްތައް ކުރެވޭނެކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހައިދަރު ވިދާޅުވި ގޮތުގައި ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި ބައެއް ގަޑިގަޑީގައި ހުސްޖާގަތައް އޮންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވުމުން ކަމރިސޯސަސް ބޭކާރުވާ ކަމެއްކަން ފާހަގަކުރި އެވެ.
ހައިދަރު ވިދާޅުވީ އެކަމަކީ ރާއްޖެއަށް އާމްދަނީވެސް އިތުރުކުރެވިދާނެ ކަމެއްކަމަށެވެ. އަދި އެކަން ދިރާސާތަކުން ދައްކާ ކަމަށާއި އެހެންކަމުން އަންނަ އަހަރު އެކްސްޕޯޓް އެޑިއުކޭޝަން ތައާރަފު ކުރަން ބޭނުންވާކަމަށް ވިދާޅުވި އެވެ.
އެކްސްޕޯޓް އެޑިއުކޭޝަންގެ ދަށުން ރާއްޖޭގައި ހުންނަ މަތީ ތައުލީމުދޭ ޔުނިވާސިޓީ އަދި ކޮލެޖްތަކުގައި ކިޔަވަން ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވެ އެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2