އެމްޑީޕީން ބޭއްވި މުޒާހަރާއެއްގެ ތެރެއިން/ ފޮޓޯ: އަދަދު
އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށް ބުނެ އެ ގާނޫނު އުވަލައިން އިދިކޮޅު މައި ޕާޓީ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
މި ބިލު މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
އެ ބިލުގެ މަގުސަދެއް ކަމަށް މީކާއިލް ވިދާޅުވެފައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން އެންމެ ފުޅާ ދާއިރާއެއްގައި ހިފުމުގެ ފުރުސަތު ދައުލަތުން ރައްޔިތުންނަށް ތަނަވަސްކޮށްދިނުމެވެ.
ބިލު ހުށަހެޅުއްވި ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާ ކަމަށް ގާނޫނުއަސާސީގެ 32 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާތީ އެ ސަބަބަށްޓަކަ އެވެ.
އެކަމަކު އެއްވެ އުޅުމުގެ ގާނޫނުން އެ ހައްގަށް ހުރަސް އަޅައި އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް މީކާއިލްގެ ބިލުގައި ވިދާޅުވެފައިވެ އެވެ.
މިދިޔަ މަހު ކުރެއްވި ޕޯސްޓެއްގައި އެޓާނީ ޖެނެރަލް (އޭޖީ) އަހުމަދު އުޝާމް ވަނީ ސަރުކާރުން ކަނޑައަޅާ ސަރަހައްދެއްގައި ނޫން ގޮތަކަށް މާލޭގައި އެއްވެ އުޅުން މަނާކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މި ގާނޫނު ވުޖޫދުކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދު ހުސައިން މަނިކުގެ ވެރިކަމުގައި 2013ވަނަ އަހަރުގަ އެވެ. އޭރުގައި ވެސް އިދިކޮޅުގައި އެމްޑީޕީ އޮތް އިރު ކުރަމުން ދިޔަ މުޒާހަރާތައް ހަލަބޮލިވެގެން ދާ ވަރުންނެވެ. އޭރު ގާނޫނުގައި މަނާކުރީ މާލޭގެ ހަތް ސަރަހައްދެއްގައި މުޒާހަރާކުރުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި، އޭރު ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުން 2016ވަނަ އަހަރު ފާސްކުރަނީ ސަރުކާރުން ކަނޑައަޅާ ތަނެއްގައި ނޫނީ ފުލުހުންގެ ހުއްދަ ކުރިއާލާ ނުހޯދާ އެއްނުވެވޭ ގޮތަށް އިސްލާހެކެވެ. އެ އިސްލާހު އަދިވެސް ދެމި އެބަ އޮތެވެ.
މި އިސްލާހު އުވާލުމަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ނަމަވެސް އެ މަނިކުފާނުގެ 5 އަހަރުގެ ވެރިކަން ނިންމަވައިލެއްވީ، އެ މަނިކުފާނު ނިސްބަތްވާ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮވެމެ އެ ވައުދު ނުފުއްދަވަ އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެއްވުން ހަނިކޮށްފައިވާ އިސްލާހު އުވާލުމަށް ވައުދުވެވަޑައިގެންފަ އެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2