ރައީސް މުއިއްޒުގެ މަންދޫބެއްގެ މަގާމަށް ކުރީގެ ރައީސް ވަހީދު އައްޔަންކުރެއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ މަގާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވަހީދު އެ މަގާމުން އިސްތިއުފާ ދެއްވި އެމެރިކާގެ ޖެފްރީ އެޕްސްޓީންގެ ފައިލްތައް އެ ގައުމުގެ ސަރުކާރުން އާންމުކުރި އިރު އޭގައި ވަހީދު ފޮނުއްވި މެއިލްތައް އާންމުންނާ ހަމައަށް ތިލަވެ މައްސަލަ ހޫނުވެފައިވަނިކޮށެވެ.
ޖެފްރީ އެޕްސްޓީނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އަދި އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، ނުފޫޒު ގަދަ މީހުންނަށް އެ ކުދިން ވިއްކި ސެކްސް ޓްރެފިކަރެއްކަން ސާބިތުވެފައިވާ މީހެކެވެ.
ވަހީދު އޭނާއަށް ފޮނުއްވި މެއިލްތަކުން އެއީ އޭނާ ސިޔާސި އަދި ވިޔަފާރި ގުޅުން ބޭއްވި މީހެއްކަން ފަޅާ އަރަ އެވެ. އަދި ދިވެހި ދައުލަތުގެ އެކި މައުލޫމާތާއި ސިޔާސީ ކަންކަމުގައި އޭނާގެ ލަފާ އަދި ވިޔަފާރީގައި އޭނާގެ އެހީތެރިކަން ހޯއްދަވާފައިވެ އެވެ.
ވަހީދުގެ ވެރިކަމުގައި ރާއްޖޭގެ ބައެއް ޓުއަރިޒަމް ޕްރޮޖެކްޓްތަކުގައި ވަހީދާއި އެޕްސްޓީނަށް ފައިދާތަކެއް ވާނެ ގޮތަށް މުއާމަލާތްތައް ހިންގާފައިވެ އެވެ.
ފާޑުކިއުންތައް އަމާޒުވި އަނެއް ކަމަކީ އެޕްސްޓީންގެ މައްޗަށް ޝަރީއަތުގައި ކުށް ސާބިތުވެ ގޭގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ވެސް ވަހީދު އޭނާއާ ގުޅުން ބާއްވާފައިވާ ކަން މެއިލްތަކުން އެނގޭތީ އެވެ.
0%
0%
0%
0%
0%
16 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2