ކުޑަކުއްޖަކާ އެކު ފިރިހެނަކު ޖުމްހޫރީ މައިދާނުގައި : އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް ބޮޑުކޮށްފި - ކުރިއަށް މީޑިއާގެ ކެމެރާ އިން
އެކަނިވެރި މައިންނާއި ބަފައިންނަށް ކޮންމެ މަހަކު ދައުލަތުން ދޭ އިނާޔަތް 12،000 ރުފީޔާއާ ހަމައަށް ބޮޑުކޮށް ގެޒެޓްކޮށްފި އެވެ.
އެންސްޕާއިން ފުރަތަމަ ގަވާއިދަށް ބަދަލެއް ގެނެސް ގެޒެޓްކުރަނީ އިއްޔެ އެވެ. އިއްޔެ ގަވާއިދު އޮންނަނީ ފުރަތަމަ ހަތަރު ދަރިންނާ ހަމައަށް ކޮންމެ ދަރިއަކަށް 3,000 ރުފިޔާ އެވެ. ދެން އިތުރުވާ ކޮންމެ ދަރިއަކަށް 1,000 ރުފިޔާ އެވެ. އެންމެ ބޮޑު އަދަދަކަށް 15,000 ރުފިޔާ އެވެ. އޭގެ މާނަ އަކީ 15,000 ރުފިޔާ ލިބޭނީ މަދުވެގެން 7 ދަރިން ތިއްބަ އެވެ.
މިއަދު އަނެއްކާ ވެސް ބަދަލެއް ގެނެސް ގެޒެޓްކޮށްފައިވެ އެވެ. މިއަދު ގެޒެޓްކުރި ގަވާއިދުގައި ވަނީ ފުރަތަމަ ހަތަރު ދަރިންނާ ހަމައަށް ކޮންމެ ދަރިއަކަށް 3,000 ރުފިޔާގެ މަގުން އެންމެ ބޮޑު އަދަދަކަށް 12,000 ރުފިޔާ އެވެ. ހަތަރު ދަރިންނަށް ވުރެ ގިނައިން ތިއްބަސް ލިބެނީ 12,000 ރުފިޔާ އެވެ.
މިހާރު ގަވާއިދު އެ އޮތީ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށެވެ.
އޭގެ ކުރިން މި އިނާޔަތް ދެނީ އެންމެ ދަރިއަކު ނަމަ 2,000 ރުފިޔާ އެވެ. ދެން އިތުރުވާ ކޮންމެ ދަރިއަކަށް 1,000 ރުފިޔާ އެވެ. މި މަގުން އެންމެ ބޮޑު އަދަދަކަށް 10,000 ރުފިޔާ އެވެ. އެންމެ ބޮޑު އަދަދު ލިބޭނީ މަދުވެގެން 9 ދަރިން ތިބެންޏާ އެވެ.
0%
0%
0%
0%
0%
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2