ރައީސް މުހައްމަދު މުއިއްޒު 'ރައްޔިތުންނާއެކު' ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ބޮޑު އީދާއި ގުޅިގެން ބަންދުކުރާ ދުވަސްތަކުގެ އިތުރަށް އެ ހަފްތާގެ ރަސްމީ ތިން ދުވަސް ބަންދުކުރުމަކީ ޒިންމާދާރު ގޮތެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މިއަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ރައީސް ވިދާޅުވީ ބޮޑު އީދާ ދިމާކޮށް އެ ހަފްތާގެ ތިން ދުވަސް ބަންދުވާނެ ކަމަށް ބައެއް އާންމު ފަރާތްތަކުން އުއްމީދުކުރާ ކަމަށެވެ.
އަދި މީގެ ކުރިން މިފަދަ މުނާސަބަތުތަކާއި ގުޅިގެން ހަފްތާ ބަންދު ނުވަތަ ރަސްމީ ބަންދު ދުވަހެއް ކުރިއަށް އޮތްނަމަ އެއް ދުވަސް ނުވަތަ ދެ ދުވަސް ބަންދުކުރާކަމަށް ވެސް ވިދާޅުވިއެވެ.
"މީގެ ކުރިން އެބަހުރި އެއް ދުވަސް ނުވަތަ ދެ ދުވަސް ހަފްތާ ތެރެއިން ވީމަ ބަންދުކޮށްފައި. އެހެން ނަމަވެސް ތިން ދުވަސް ބަންދުކުރުން އަޅުގަނޑަށް ގަބޫލުކުރެވެނީ އެއީ ޒިންމާދާރު ގޮތެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް މިހެން ވިދާޅުވީ ކުރިއަށް މިއޮތް ބޮޑު އީދާއި ދިމާކޮށް ބަންދުކުރާ ދުވަސްތައް އެކަނި ކަން ސަރުކާރުން ހާމަކުރުމުން އެކަމާއި ގުޅޭ ޝުއޫރުތައް އާންމުން ފާޅުކުރަމުންދަނިކޮށެވެ.
ބޮޑު އީދު ވަނީ މި އަންނަ މަހުގެ 6 ވާ ހުކުރު ދުވަހުގަ އެވެ. ހައްޖަކީ އަންނަ މަހުގެ 5 ވަނަ ދުވަހެވެ. އެއީ ބުރާސްފަތި ދުވަހެވެ. ބޮޑު އީދާ ގުޅުވައި، ބުރާސްފަތި އަދި އާދީއްތަ އާއި ހޯމަ ވެސް ބަންދުވެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0