ރައްޔިތުންގެ މަޖިލީހުން އީޕެޓިޝަން ނިޒާމް ތައާރަފުކޮށް ޕޯޓަލް ހުޅުވާލުމާއެކު, ސިޔާސީ ހިޔާލުތަކުގެ ހޮޅުއަށީގައި މިއަދު ދައުރުވަމުން ދަނީ އޭގެ ހިޔާލުތަކެވެ.
ޕެޓިޝަން ހުށަހެޅުމުގެ އުސޫލަށް މަޖިލީހުން ގެނައި ބަދަލާ ގުޅިގެން މިހާރު މަޖިލީހުގެ މެންބަރެއް މެދުވެރިނުކޮށް ވެސް މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅޭނެ އެވެ.
އެކަމަކު މެންބަރަކު ސްޕޮންސާނުކޮށް ޕެޓިޝަނެއް ހުށަހެޅެނީ މަދުވެގެން 500 ސޮއި ހަމަކޮށްގެނެވެ.
އީޕެޓިޝަން ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އަމިއްލަ ޕެޓިޝަނެއް ތައްޔާރު ކުރެވޭނެ އެވެ. އަދި ޕެޓިޝަނަށް އޮންލައިންކޮށް ސޮއި ހަމަކުރުމުގެ މަސައްކަތް ކުރެވޭނެ އެވެ. 500 ސޮއި ހަމަވުމުން މަޖިލީހުން ޕެޓިޝަން ބަލައިގަންނާނެ އެވެ.
މިހާރު ވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ނިވައިކަން ކުޑަ ގޮތަކަށް ފަތުރުވެރިން ހެދުން އަޅާތީ ކަންބޮޑުވުން ފާޅުކޮށް ޕެޓިޝަނެއް ތައްޔާރުކޮށްފައިވެ އެވެ. އެ ޕެޓިޝަނަށް 1,000އަށް ވުރެ ގިނަ ސޮއި ވެސް ލިބިފައިވެ އެވެ.
އޭގެ އިތުރުން އެހެން މީހަކު ވަނީ 16 އަހަރު ނުފުރޭ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ވެސް ޕެޓިޝަނެއް ތައްޔާރުކޮށްފަ އެވެ. އެ ޕެޓިޝަނަށް އަދި މާ ބޮޑު ތަރުހީބެއް ލިބޭ ތަނެއް ނުފެނެ އެވެ.
މިއާ އެކީ މަޖިލިސް ޕެޓިޝަނަށް ސަމާލުކަން ވަނީ ލިބިފަ އެވެ. ޕެޓިޝަން ލާންވީ ގޮތުގެ އެކި ހިޔާލުތައް ވެސް ދަނީ މީހުން ހިއްސާކުރަމުންނެވެ.
'ހަސަން ކުރުސީ' ގެ ނަމުން ސަރުކާރުގެ ކޮރަޕްޝަނާއި ހިނގާ ކަމަށް ބެލެވޭ އެކި ވާހަކަތައް ޕޯސްޓްކުރާ އެކައުންޓުން ވަނީ ކޮންމެ ހަފުތާއަކު އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހާޒިރުކުރަން ޖެހޭ ގޮތަށް ގާނޫނު ބަދަލު ކުރަން ޕެޓިޝަނެއް ލުމަށް ހިޔާލު ދީފަ އެވެ.
Change the law to make it mandatory for Guizzu to come to Majlis to answer questions from MPs for at least one hour, at least once a week like in many countries. — Hassan Kurusee (@HKurusee) February 11, 2026
މުހައްމަދު އައިޝް ނަމަކަށް ކިޔާ މީހަކު ކުރި ޕޯސްޓެއްގައި ގޮވާލީ ކުޑަކުދިން ހިމެނޭ ގޮތަށް ސެކްސް ޓްރެފިކްކުރި އެމެރިކާގެ ނުފޫޒުގަދަ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް މުހައްމަދު ވަހީދު މަޖިލިހަށް ހާޒިރުކުރުމަށް ޕެޓިޝަނެއް ލުމަށެވެ.
Time to submit a petition asking to hold former President @Drwaheed to account for his unholy alliances with the pedo Epstein. #EpsteinFiles https://t.co/sq147f3pPC — Muhammad Aiysh (@Muhammad_Aiysh) February 11, 2026
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
15 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2