ފުލުހުން ޑްރަގު ކެފޭއެއް ރެއިޑުކޮށް ބަލައި ފާސްކުރަނީ - ފޮޓޯ: ފުލުހުން
މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި އަދަބު ދެވޭ ގޮތަށް ގާނޫނު ފާސްކޮށްފި އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މަސްތުވާތަކެތީގެ ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގެއް ނުކުރައްވަ އެވެ. ނަމަވެސް ރައީސް އެ އިސްލާހުތައް ތަސްދީގު ކުރައްވާނެ ކަމަށް ބެލެވެ އެވެ.
އޭގެ އެންމެ ހަރުކަށި އެއް އަދަބަކަށް އޮންނަނީ މަސްތުވާތަކެތި އެތެރެކުރާ މީހުން ޝަރީއަތުގައި އެ ކުށް ސާބިތުވުމުން ކަނޑައަޅަން އޮންނަ އަދަބެވެ.
މިހާރު ވެސް ޑްރަގު އެތެރެކުރުމާއި ޓްރެފިކިންނަށް އޮންނަ އަދަބަކީ އުމުރު ދުވަހަށް ޖަލަށް ލުމެވެ. އުމުރު ދުވަހަށް ޖަލަށް ލުން މާނަކޮށްފައި އޮންނަނީ 25 އަހަރު ދުވަހަށް ޖަލަށް ލުން ގޮތުގަ އެވެ. ބިލު މަޖިލީހަށް ހުށަހެޅި އިރު ވެސް އޮތީ އެ ގޮތަށެވެ.
ނަމަވެސް ކޮމިޓީން އެ މާއްދާ ބަދަލުކޮށްފައިވަނީ އުމުރު ދުވަހަށް ޖަލަށް ލުން މާނަކުރަނީ މާފު ނުދެވޭ ގޮތަށް އަދި ޕެރޯލް ވެސް ނުދެވޭ ގޮތަށް އުމުރު ދުވަހަށް ޖަލަށް ލުން ގޮތުގަ އެވެ.
މަސްތުވާތަކެތި ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ވެސް އިސްލާހުކޮށްފައިވެ އެވެ. އެ އަދަބު ތަންފީޒުކުރެވޭނީ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި، ސުޕްރީމް ކޯޓުގައި މައްސަލަ ބަލާ މުޅި ބެންޗުން އިއްތިފާގުވާ ނަމަ އެވެ.
މަރުގެ އަދަބު ދޭން ޖެހޭ ތިން ހާލަތުގެ ގޮތުގައި އޮންނަނީ:
350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނަބިސް ކަމުގައިވުން
250 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން
ކެނެބިސް ނުވަތަ ޑައިމޯފިން ފިޔަވައި ޖަދުވަލުގެ އެކެއްގައި ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ، 100 ގްރާމަށް ވުރެ އިތުރު އަދަދަކަވުން
މަސްތުވާތަކެތީގެ ވަބާ ފެތުރެމުން ގޮސް މޫލާފައިވާ މިންވަރަކީ ކެފޭ އުސޫލުން މަސްތުވާތަކެތީގެ ހިދުމަތް ދޭ ތަންތަން މާލޭގެ ބައެއް އިމާރާތްތަކުގައި ހިންގުމެވެ.
އެ ކަން ހުއްޓުވުމުގެ ގޮތުން، އެ ތަނެއްގެ ވެރި ފަރާތުގެ ބޮލުގައި ވެސް ޒިންމާތަކެއް ވަނީ މަތިކޮށްފަ އެވެ.
އެ ގޮތުން ޒިންމާއާ އިހުވާލުވެގެންދާނެ ކަންކަން ކުށުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ:
ޑްރަގު ކެފޭ ހިންގާ އިމާރާތުގެ ވެރި ފަރާތުން އެ ކަން ހިނގިޔަ ދިނުމަކީ، ނުވަތަ މަގުފަހިކޮށްދިނުމަކީ ނުވަތަ ހުއްދަ ކުރުމަކީ ކުށެއް ގޮތުގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުމާ އެކު އެއް ލައްކަ ރުފިޔާއާއި ދެ ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އަދި މަސްތުވާތަކެތި ވިޔަފާރިކުރުމަށް ނުވަތަ ބޭނުންކުރުމަށް ދޫކުރިކަން ސާބިތުވާ ނަމަ އެ ކަމަކީ ވަކި އަދަބެއް އޮންނަ ކުށެއް ގޮތުގައި ކަނޑައަޅާފައިވެ އެވެ. އޭގެ އަދަބަކީ 20 އަހަރަށް ޖަލަށް ލުމާ އެކު ދެ ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާގެ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މަސްތުވާތަކެތި ވިޔަފާރިކުރުމަށް ނުވަތަ ބޭނުންކުރުމަށް ސީދާ ދޫކުރިކަން ސާބިތުނުވިޔަސް، އެ ކަން ހިނގިޔަ ދޭން ނުވަތަ މަގުފަހިކޮށްދިނުން ނުވަތަ ހުއްދަ ދިނުމަކީ ވެސް ކުށެކެވެ. އޭގެ އަދަބަކީ 15 އަހަރަށް ޖަލަށް ލުމާއެކު ދެ ލައްކަ ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
0%
0%
0%
0%
0%
7 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
17 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2