ދިވެހިރާއްޖެ 2.0 ލޯންޗު ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ދާހިލީ ވަޒީރު އަލީ އިހުސާން - ފޮޓޯ: އަހުމަދު އަލީ / ކުރިއަށް މީޑިއާ
ޑިޖިޓަލް ކުރަނީ ވޯޓުލުން ފިޔަވައި ހުރިހާ ހިދުމަތެއް ކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ, ސަރުކާރުން އީވޯޓިން ތައާރަފުކޮށް ވޯޓު އޮޅުވާލަން މަސައްކަތްކުރާ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ތުހުމަތަކަށް ރައްދު ދެއްވަމުންނެވެ.
އިދިކޮޅު އެމްޑީޕީގެ އެހެން ބައެއް އެކްޓިވިސްޓުން ވެސް އަންނަނީ މިފަދައިން ވާހަކަ ފަތުރަމުންނެވެ.
އަދި މިއީ ކުރިން ވެސް ރައީސް ތަކުރާރުކޮށް ދެއްކެވި ވާހަކަފުޅެއް ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
"އެސްޓޯނިއާގަވެސް އަދި ރޭގަވެސް ރައީސް ތަކުރާރުކުރެއްވި އެއް ވާހަކަފުޅަކީ އީ ވޯޓިންގ ފިޔަވައި އަޅުގަނޑުމެން އެސްޓޯނިއާގައި ޑިޖިޓަލްކޮށް ދެމުންދާ ހުރިހާ ޚިދުމަތެއް ދޭންވާނެކަމަށް" ވަޒީރު އިހުސާން ވިދާޅުވިއެވެ.
މިކަމުގެ ފަހަތުގައި ކޮރަޕްޝަން ނައްތާލައި ހަރަދު ކުޑަކުރުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ހިދުމަތްތައް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ވެސް މިކަމުގެ ފަހަތުގައި ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ބައެއް ކަންކަމަކީ ގައުމަށްޓަކައި ސިޔާސީ ދެބަސްވުން އެއްކިބާ ކުރަންޖެހޭ ކަންކަން. މިއީ އެފަދަ ކަމެއް." މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
ދައުލަތުގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ރާއްޖެ 2.0 ގެ ނަމުގައި ވަނީ މަޝްރޫއުއެއް ފަށާފަ އެވެ. އަދި ރޭގައި އެކަމާ ގުޅޭ ސަމިޓެއް ވެސް ފެށި އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0