ފުވައްމުލަކުގައި ކުރިއަށްގެންދާ ޓައިގާ ޝާކު ދިރާސާ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 291 ޓައިގާ ޝާކު ދެނެގަނެވި، ދުނިޔޭގައި އެއްތަނަކުން އެންމެ ގިނަ ޓައިގާ ޝާކުގެ މަޢުލޫމާތު އެއްކުރެވިފައިވާ ޑޭޓާބޭސްގެ ރެކޯޑު ރާއްޖެއިން ޤާއިމްކޮށްފިއެވެ.
ފުވައްމުލައް ޑައިވް އިން ވިދާޅުވި މި 2017 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ދިރާސާގެ ދަށުން، ކޮންމެ ޓައިގާ ޝާކެއްގެވެސް ވަކި ޕްރޮފައިލެއް އެކުލަވާލައި، އެ ޝާކެއް އަނބުރާ އަންނަ މިންވަރާއި، އެ ޝާކެއްގެ ޚާއްޞަ ސިފަތައް ދެނެގަނެވެއެވެ. މި މަސައްކަތުގެ ސަބަބުން ގިނަ އަދަދެއްގެ މުހިންމު ސައިންޓިފިކް ދިރާސާތައް ކުރުމަށް މަގުފަހިވެފައިވެއެވެ.
މި ދިރާސާތަކުގެ ތެރޭގައި ފުވައްމުލަކުގައި އެވާ ދުނިޔޭގެ އެންމެ ބޮޑު ޓައިގާ ޝާކުގެ އާބާދީއާ ބެހޭ ދިރާސާއާއި، އިންޑިއާ ކަނޑުގެ މެދުތެރޭގައި ޓައިގާ ޝާކު ބިސްއަޅާ ސަރަޙައްދުތައް ފާހަގަކުރުމުގެ ދިރާސާ ހިމެނެއެވެ. މީގެ އިތުރުން، ފުވައްމުލަކުގައި ފެންނަ މާބަނޑު އަންހެން ޓައިގާ ޝާކުގެ އިޖްތިމާޢީ އާދަކާދައާ ބެހޭ ދިރާސާވެސް ވަނީ ކުރެވިފައެވެ.
މި ދިރާސާތަކުގައި ބޭނުންކުރަނީ ޝާކަށް ގެއްލުމެއް ނުދޭ ގޮތަށް ފަރުމާކުރެވިފައިވާ ޒަމާނީ ވަސީލަތްތަކެވެ. މީގެ ތެރޭގައި ފެނުގެ އަޑީގައި ބޭނުންކުރެވޭ އަލްޓްރާސައުންޑް ޓެކްނޮލޮޖީވެސް ހިމެނެއެވެ.
މި ދިރާސާތަކުގެ ސަބަބުން ޓައިގާ ޝާކުގެ ދިރިއުޅުމާއި އާދަކާދަ އިތުރަށް ދެނެގަތުމަށް މަގުފަހިވެ، އެ ޝާކުގެ ނަސްލު ރައްކާތެރިކޮށް ދެމެހެއްޓުމަށް މުހިންމު މަޢުލޫމާތު ލިބިގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
0%
0%
0%
0%
0%
24 ޖޫން 2025
0
24 ޖޫން 2025
0
16 ޖޫން 2025
0
14 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0