ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް "ޖެނެރޭޝަން ބޭން" ތައާރަފްކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި ޔުނިސެފްގެ އޮފިޝަލުންނާއި ހެލްތު މިނިސްޓަރު ބައްދަލުކުރައްވައިފިއެވެ.
މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި "ޖެނެރޭޝަން ބޭން" ކާމިޔާބު ކަމާއެކު ތަންފީޒުކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން އިދާރާތަކުން ލަފާދީފައިވާކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. މި މަޝްވަރާ ބައްދަލުވުމަކީ "ޖެނެރޭޝަން ބޭން" ކާމިޔާބުކަމާއެކުގައި ތަންފީޒު ކުރުމަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެއްކަމަށްވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.
އެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ރައީސްގެ ލަފާފުޅުގެ ދަށުންނެވެ. "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑުގައި އެ މަނިކުފާނު ވިދާޅުވެފައިވާ ގޮތަށް 2007 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ނުވަތަ 2004 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުމަށް ނުވަތަ 2000 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން އުފަންވީ އަދި އުފަންވާނެ ހުރިހާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމަށް ޕޯލެއް ހުޅުވައިލެއްވިއެވެ. އެ ޕޯލްގެ ދަށުން ރައީސް ހުށަހަޅުއްވާފައިވާ ތިން ގޮތުގެ ތެރެއިން ގޮތެއް އިހްތިޔާރު ކުރެއްވުމަށް އެދިލައްވާފައިވެއެވެ/
ރައީސް މީގެ ކުރިން "ރައްޔިތުންނާ އެކު "ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައި ވަނީ ޕޯލަށް ހުށަހެޅުމުގެ ބޭނުމަކީ 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން ދުންފަތުގެ ތެރޭގައި ގިނަ ދުވަސް ނުވަނީސް ސަލާމަތް ކުރުން ކަމަށެވެ. އަދި މިފަދަ ކުޑަ ކުޑަ ގައުމެއްގައި ދުންފަތުގެ ވިޔަފާރިކޮށް އެ ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
2 ދުވަސް ކުރި
0
6 ދުވަސް ކުރި
0
6 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

24 މާރިޗު 2025
2

8 އެޕްރީލު 2025

17 މާރިޗު 2025
0