ރައީސް ޑރ. މުޙައްމަދު މުޢިއްޒު / ފޮޓޯ: ރައީސް އޮފީސް
ދުންފަތާ ދެކޮޅަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ހާއްސަ އެވޯޑެއް އެމަނިކުފާނަށް ލިބިވަޑައިގެންފި އެވެ.
އެގޮތުން ދުނިޔޭގެ ދުންފަތާ ދެކޮޅު ދުވަހުގެ މުނާސަބަތުގައި ރައީސަށް ލިބިވަޑައިގެންނެވީ، ޑަބްލިޔުއެޗްއޯ ޑައިރެކްޓަރ ޖެނެރަލްގެ ހާއްސަ އެވޯޑެވެ. ރައީސް މުޢިއްޒުގެ އިތުރުން މި އެވޯޑު ދެން ލިބިފައި ވަނީ މޮރިޝަސްގެ ސިއްހީ ވުޒާރާ އަށެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން ދުންފަތާ ދެކޮޅަށް ކުރާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އެކި ގައުމުތަކުން 36 ފަރާތަކަށް އެވޯޑު ދީފަ އެވެ. ނަމަވެސް އެންމެ ހާއްސަ އެވޯޑު ލިބިވަޑައިގެންނެވީ ރައީސް މުޢިއްޒު އަށާއި މޮރިޝަސް އަށެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށް ރައީސް މުޢިއްޒު ވަނީ ގިނަ ކަންތައްތަކެއް ކުރައްވާފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން މަނާ ކޮށްފައި ވެއެވެ.
މީގެއިތުރުން 2007 އިން ފެށިގެން އުފަންވާ މީހުންނަށް ދުންފަތުގެ "ޖެނެރޭޝަން ބޭން" އެއް ކަނޑައެޅުމަށް ފާސްކޮށްފައިވާތީ، އެކަމަށް ޑަބްލިޔުއެޗްއޯ އިން ވަނީ ކުރިން މަރުހަބާ ވެސް ކިޔާފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެކަން ސިފަކޮށްފައިވަނީ "ޖެހިލުން ކުޑަ" ނިންމުމެެއްގެ ގޮތުގަ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0