ދުޅަހެޔޮ މައެއްގެ ބަނޑުން ދުޅަހެޔޮ ދަރިއެއް އުފަންވުމީ ގައުމަށް އެންމެ އަގުހުރި ހަދިޔާ: މިނިސްޓަރު

Dhulhaheyo maehge bandun dhulhaheyo dharieh ufanvumee gaumah enme aguhuri hadhiya: Minister

ހެލްތު މިނިސްޓަރު ނާޒިމް--- ފޮޓޯ: ރައީސް އޮފީސް

ހަބަރު

ދުޅަހެޔޮ މައެއްގެ ބަނޑުން ދުޅަހެޔޮ ދަރިއެއް އުފަން ވުމީ އާއިލާ އަށާއި ގައުމަށް އެންމެ އަގުހުރި ހަދިޔާކަމަށް ހެލްޓް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ އާއިލާގެ އުފާ ފާގަތިކަމާއި ގައުމު ބިނާކުރުމާއި ގައުމުގެ ތަރައްގީ ދެމެހެއްޓޭނީ ދުޅަހެޔޮ ޖީލެއް ބިނާކޮށްގެން ކަމަށެވެ. 

މީގެ އިތުރުން ދުޅަހެޔޮ ހަރުދަނާ ޖީލެއް ބިނާ ކުރުމަށްޓަކައި މައިންނާއި ތުއްތު ކުދިންގެ ސިއްހަތައް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށާއި، މި ސަމާލުކަން ވަށައިޖެހޭ ގޮތެއްގައި ބައްޓަން ކުރެވިފައި އޮންނަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތުމުގެ ކުރިން ވަކިން ހާއްސަކޮށް މައިމީހާގެ ސިއްހީ ހާލަތު ހުރިގޮތާއި، ސިއްހީ އާދަތަކަށް ސަމާލުވާންޖެހޭކަމަށް ވިދާޅުވިއެވެ.

މާބަޑު ދުވަސްވަރާއި، އަދި ދަރިފުޅު އުފަން ވުމަށްފަހުވެސް، މައިމީހާއާއި ދަރިފުޅުގެ ސިއްހީ ކަންކަމަށް ފަރުވާތެރިވާންޖެހޭ ކަމަށާއި ދުޅަހެޔޮ ރައްކާތެރި މައިވަންތަކަން ކުރިއެރުވުމަށް މަގުފަހިކޮށް، ދަރިމައިވުމުގައި ދިމާވާ އެކި ކަހަލަ މައްސަލަތަކުން ރައްކާތެރިވެ، ދަރިފުޅާއި މައިމީހާގެ ސިއްހަތަށް ނުރައްކާވެދާނެ ހާލަތަކުންނާއި އާދަތަކުންނާއި މާހައުލުތަކުން ރައްކާތެރިވުމަށް މިނިސްޓަރު ވަނީ ގޮވާލައްވައިފައެވެ. އަދި ވިހެއުމަށްފަހުވެސް މައިމީހާއާއި، ތުއްތު ދަރިފުޅުގެ ސިއްހީ ރައްކާތެރިކަމަށް ކޮންމެހެން ކުރަންޖެހޭ ކަންކަމަށް ސަމާލުވާން މިނިސްޓަރު ގޮވލެއްވިއެވެ.

މި އަހަރުގެ ސިއްހީ ދުވަހުގެ ޝިއާރަކީ "ހެލްތީ ބިގިނިންގްސް، ހޯޕްފުލްފިއުޗާ" މި ޝިއާރެއެވެ. މި ޝިއާރުން ބާރުއަޅަނީ ދުޅަހެޔޮ ތުއްތު ކުއްޖަކު އުފަންވެ، ސިއްހަތު ރަނގަޅު ކުއްޖެއްގެ ގޮތުގައި އެ ކުއްޖާ ހެދިބޮޑުވުމުގެ މުހިންމުކަމަށެވެ. 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Haha
Haha

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Neyvaa nulevigen aadheyskurumunves oxygen gulhainudhin, furaana ah nurakkave ventilatorah!

ނޭވާ ނުލެވިގެން އާދޭސްކުރުމުންވެސް އޮކްސިޖެން ގުޅައިނުދިން، ފުރާނައަށް ނުރައްކާވެ ވެއްޓިލޭޓަރަށް!

0

BREAKING: Rasdhoo gai kotari eh roave 2 meehaku fihijje

ރަސްދޫގައި ކޮޓަރިއެެއް ރޯވެ ދެ މީހަކު ފިހެއްޖެ

2

Fannuveri visnunthakaaeku ‘Kuriah’  launchkohfi

ފަންނުވެރި ވިސްނުންތަކާއެކު 'ކުރިއަށް' ލޯންޗުކޮށްފި

1

SR ge Bey; Amillavantha Music ge Baanee Akah

އެސްއާރުގެ ބޭ؛ އަމިއްލަވަންތަ މިއުޒިކްގެ ބާނީއަކަށް

0