ރައީސް އޮފީސް-- ފޮޓޯ: މިހާރު
ކުރިއަށް އޮތް ދެއަހަރު ދުވަސްތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި "ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް" ގާއިމް ކުރެވޭނެކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "ތަރައްގީ އާއި ސުލްހަ ގާއިމްކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު" ގެ ދުވަހާއި ގުޅިގެން ރައީސް އެމަނިކުފާނުގެ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ޖޯގްރަފީ ގޮތުން ފެތުރިފައިވާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ކަސްރަތުކުރުމަށް ބޭނުންވާ ވަސީލަތްތައް ފަހިވެގެންދާނެކަމަށެވެ. އަދި ނަތީޖާއެއްގެ ގޮތުން ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރުކުރަން ބާރުލިބި އިޖުތިމާއީ ގުޅުންތައްވެސް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށެވެ.
ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގެ ކުޅިވަރުގެ ކުރިމަގު ބަދަލުކޮށްލާފަދަ މަޝްރޫއުތަކެއް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން 20އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވަލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒު ކުރެވޭނެ ކަމަށާއި، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި، މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެތުލީޓުންނާއި، ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނަސް އެ ދާއިރާއިން ކުރިއަށް ދެވޭނެ މަގުފަހިކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
ކުޅިވަރު ސިންދަފާތު އިތުރުކޮށް، ކުޅިވަރު ކުޅުމަށް ހަމަހަމަ ކަމާއިއެކު ފުރުސަތު ފަހިކޮށްދީގެން، އިޖްތިމާއީ ފޭރާންވެސް ރަނގަޅުކުރެވޭނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އަދި ރައްޔިތުން އެއްބައިވަންތަކޮށް އިޖްތިމާއީ ތަފާތުތައް ނައްތާލައި، ބައިވެރިވުން އިތުރުކުރުމުގެ ލާސާނީ ގާބިލުކަމެއް ކުޅިވަރަށް ލިބިފައިކަން ފާހަގަކުރައްވައި، ވިދާޅުވެފައިވަނީ ކުޅިވަރު މެދުވެރިކޮށް ގައުމީ ތަރައްގީއަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ގޮވާލައްވާކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވެފައިވަނީ އެއްބައިވަންތަކަމާއި ބާރުވެރިކުރުވުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ، ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާކަމަށެވެ. މިއަހަރުގެ "ތަރައްގީ އާއި ސުލްހަ ގާއިމްކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު"ގެ ދުވަހުގެ ޝިއާރަކީ "ލެވެލިންގް ދަ ޕްލެއިން ފީލްޑް: ސްޕޯޓްސް ފޮރ ސޯސަލް އިންކުލޫޝަން" މި ޝިއާރެވެ. ރައީސް ވިދާޅުވެފައިވަނީ މިއަހަރުގެ ޝިއާރުގައި އިޝާރާތްކުރާ އިޖްތިމާއީ ބައިވެރިވުމަކީ ކުޅިވަރު ކުޅުމުގެ ފުރުސަތުތައް ލިބުމުގައި މީހާގެ އުމުރަކަށް، ނަސްލަކަށް، މިންތިއަކަށް، ބެލުމެއްނެތި ދުޅަހެޔޮ ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަސައްވުރާ އެއްއުއި ޝިއާރެއްކަމަށެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0