ޓްރޭޑިން ސްކީމެއް ހިންގައިގެން މީހުންނަށް ފައިސާ ނުދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލުމަށް ފަހު، ދައުވާތައް އަނބުރާ ނެގުމާއެކު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަނެއްކާވެސް ސްކީމްތަކެއް ހިންގަން ފަށައިފި އެވެ.
ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ގިނަ ބައެއްގެ އަތުން ފައިސާ އަތުލައި އެއަށް ޚިޔާނާތްތެރިވީކަމުގެ އަލްހާން އާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ ޝަހުބާން ފަހުމީއާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފިހުން އަނބުރާ ނެގީ ހުސްވި އޮކްޓޫބަރު މަހު އެވެ.
އެ ދައުވާތައް ނެގުމާއެކު އަލްހާނު ވަނީ ކޮޕީ ޓްރޭޑިން އާއި އޭއެފް ޓްރޭޑިން އޮޕްޝަން ސްކީމެއް 'އެކްސް' މެދުވެރިކޮށް އިޝްތިހާރުކުރަން ފަށާފަ އެވެ.
އަލްހާނު އިތުރު ސްކީމެއް ފަށާފައިވާއިރު އޭނާގެ ދައުވާތައް ޕީޖީ އަނބުރާ ގެންދިޔައީ ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދިނުމުންނެވެ.
ޕީޖީން ބުނީ ފުލުހުން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރިއިރު، އެ މައްސަލާގައި ބަދަލުލިބޭންޖެހޭ މީހުންނަށް ބަދަލުލިބިފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބުންޏެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2