ދައުލަތުގެ ރިޒާވް ގައި މިވަގުތު 1.1 ބިލިއަން ޑޮލަރު ރިޒާވްގައި އެބަހުރި ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ގައި ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ ފިސްކަލް ހާލަތު ރަނގަޅު ކުރަން އިސްކަމެއް ދެއްވައިގެން މުހިއްމު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، ކުރީގެ ސަރުކާރުން ވާރުތަވެފައި ހުރި ބޮޑެތި ދަރަނި ދެއްކޭނެ ގޮތްތަކަށް ޑޮލަރުގެ އާމްދަނީ އިތުރުވާނެ ގޮތްތަކަށް ސިޔާސަތުތަކަށް ބަދަލު ގެންނެވި ކަމަށެވެ.
ރައީސް ވިދާޅުވި ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް ދެއްކުމަށް ހުރި ދަރަނިތައް އަދާކުރުމަށް ވަރަށް ބޮޑަށް ފަސޭހަވާނެ ކަމަށާއި އެގޮތުން މިދިޔަ ޖެނުއަރީ މަސް ނިމުނު އިރު ދައުލަތުގެ ރިޒާވުގައި ހުރީ 983 މިލިއަން ޑޮލަރު ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިދިޔަ އަހަރު ލިބުނު އާމްދަނީން ޑޮލަރުގެ ގޮތުގައި 1.2 ބިލިއަން ލިބުނު ކަމަށާއި، މަނީ އެކްސްޗޭންޖް ގާނޫނަށް ގެނެވުނު ބަދަލާ ގުޅިގެން 492 މިލިއަން ޑޮލަރު އެމްއެމްއޭއިން މާރުކޮށްފައިވާ ކަމަށެވެ.
"އާމްދަނީއަށް ގެނެވުނު ހެޔޮ ބަދަލާ އެކު ބޭރު ފައިސާއިން ލިބުނު އަދަދު 1.2 ބިލިއަން ޑޮލަރަށް މަތިވެފައިވޭ " ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ދަރަނި އަދާކުރުމަށް އުފައްދާފައިވާ އެސްޑީއެފްގައި މިވަގުތު 275 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެ ބަދަލު ގެނެވުނީ އެއާޕޯޓް ޑިވަލޮޕްމެންޓް ފީ ބޮޑުކޮށްގެން އެ ފަންޑަށް ޖަމާކުރާ ޑޮލަރު އިތުރުކޮށްގެން ކަމަށެވެ.
"މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތީގައި އެބަހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު" ރައީސް ވިދާޅުވި އެވެ.
0%
0%
0%
0%
0%
13 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
14 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2