ދައުލަތުގެ ހަރަދު 40 ޕަސެންޓުން ކުޑަކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް އަހުމަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ އަންނަ އަހަރު ބިލިއަން ރުފިޔާގެ ލޯނު ދައްކަން ޖެހޭއިރު އެ ރުފިޔާ އަދި ނުލިބޭ ކަމަށެވެ. ވިޔަފާރިވެރިޔާ ސިޔާމް ވިދާޅުވި ގޮތުގައި އެކަން ކުރަން ޖެހެނީ އިތުރު ބޮންޑު ވިއްކާ ލޯނު ނަގައިންނެވެ.
އެއަށް ފަހު ސިޔާމް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ބޮޑުތަނުން ކުޑަކުރަން ޖެހޭ ކަމަށެވެ.
"ދައުލަތުގެ ހަރަދު މިހާރު ހުރި ވަރަށްވުރެ ގާތްގަނޑަކަށް 40 ޕަސެންޓު ކުޑަކުރަން،" ސިޔާމް ވިދާޅުވި އެވެ.
ދައުލަތުން ހަރަދުކުރަނީ ބޭކާރު ފައިދާއެއްނުވާ ކަންކަމަށް ސިޔާމް ވިދާޅުވެި އެވެ.
ދައުލަތުގެ ހަރަދު 40 ޕަސެންޓުން ކުޑަކުރަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވެފައިވާއިރު އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ 62 ޕަސެންޓަކީ ރިކަރަންޓު ހަރަދެވެ. އަންނަ އަހަރުގެ ބަޖެޓުގައި ލަފާކުރާ ގޮތުގައި އަންނަ އަހަރު 43 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ.
0%
0%
0%
0%
0%
4 ގަޑިއިރު ކުރި
0
5 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2