ރައީސް ޑރ. މުހައްމަދު މުއިއްޒު އީދު ދުވަހު ބޭއްވި ކުޑަކުދިންގެ ހަވީރެއްގައި ـ ފޮޓޯ: ރައީސް އޮފީސް
ދަރީން ހެޔޮގޮތުގައި ބޮޑެތި ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
މި ހިތާބުގައި ރައީސް ވިދާޅުވީ ޅަދަރީން ހެޔޮގޮތުގައި ބޮޑު ކުރުމަކީ، ފާގަތި ކުރިމަގަކަށް އޮތް އެންމެ ބޮޑު ޔަގީންކަން ކަމަށާއި، ދިވެހިންގެ ސިޔާދަތާއި ކަރާމާތާއި ތަމައްދުން ނަގަހައްޓަން ތައްޔާރަށްތިބޭ ބަޔެއްގެ ގޮތުގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، އެންމެންގެ ކޮނޑުގައި އެޅިފައި އޮތް އެންމެ އިސް ޤައުމީ ވާޖިބުކަމުގައެވެ.
"އަޅުގަނޑުމެން މިއަދު ޢަޒުމު ކަނޑައަޅަންވީ، ކޮންމެ ނޭދެވޭ ކަމަކާ ދިވެހި ހުރިހާ ކުޑަކުދިން ދުރުހެލި ކުރުމަށެވެ. ގޭތެރެއާއި، މަގުމައްޗާއި، މިނޫން ކޮންމެ ތަނަކުންވެސް، އެކަކު އަނެކަކަށް އިޙްތިރާމް ކުރާ، އަދަބު އަޚްލާޤުން ޒީނަތްތެރިވެފައިވާ، ރީތި މާޙައުލެއް ދެއްކުމަށް" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ޒަމާނަށް ފެތޭނެ، މާދަމާއަށް ބޭނުން ހިފޭނެ، ތަޢުލީމާއި ތަމްރީނު އެ ކުދިންނަށް ހޯދައިދިނުމަށާއި، ދިވެހި ޤައުމުދެކެ ލޯބިވާ، ދިވެހިވަންތަ، މުސްލިމް ދަރީންތަކެއްގެ ކޮނޑުމަތީ މި ޤައުމުގެ މަޖްދާއި ކަރާމާތް އުފުލާނެކަން ކަށަވަރު ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
"ދުޢާއަކީ، ކޮންމެ އަހަރެއްގެ މި ދުވަސްވެސް، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމާއެކު، އަބަދުމެ ބައްދަލުވަމުން ދިޔުމެވެ. ދިވެހި ކޮންމެ ކުޑަކުއްޖަކަށް، ތޫނުފިލިކަމާއި، ދުޅަހެޔޮކަމާއި، ރައްކައުތެރިކަން މާތްﷲ މިންވަރު ކުރައްވައި، އުޖާލާ މުސްތަޤްބަލެއް ދެއްވުން." ރަައީސް ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ގްރޭޓާ މާލޭގެ 7 ސަރަޙައްދެއްގައި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ. މި ހަވީރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިޖުތިމާއީ ވުޒާރާ، އެޗްޑީސީއާއި ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންނެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0