ސީނިއާ ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައްބާސް ޝަރީފް، ޑެޕިއުޓީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އާއިޝަތު މުހައްމަދު އައްޔަނުކުރައްވައިފިއެވެ.
އާއިޝަތު މުހައްމަދު ގެންދަވަނީ 14 ޑިސެމްބަރު 2011 އިން ފެށިގެން ޕީޖީ އޮފީހުގައި ހިދުމަތްކުރައްވަމުންނެވެ.
އޭނާއަކީ ރާއްޖޭގައި އެންމެ ގިނަ ދުވަހު ހިދުމަތްކުރައްވާ، ސީނިއާ ޕްރޮސިކިއުޓަރުންގެ ތެރެއިން ބޭފުޅެކެވެ.
މި ބަދަލުގެ އިތުރުން ޕީޖީ ވަނީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް ވެސް ބޭފުޅަކު އައްޔަނު ކުރައްވާފައެވެ. އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ ހުސައިން ސާމީއެވެ.
މިހާރު ޕީޖީ އޮފީހުގައި ދެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލުން ތިއްބަވާނެ އެވެ.
އާއިޝަތު މުހައްމަދުގެ އިތުރުން ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވީ މަހްމޫދު ސަލީމެވެ. މަހްމޫދު ސަލީމް ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާތާ 20 އަހަރެއްހާ ދުވަސް ވެއްޖެއެވެ.
އާއިޝަތު މުހައްމަދުގެ ކުރިން އެ މަގާމު ފުރުއްވީ އަލީ ސަމީރުއެވެ. ސަމީރު އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ 12 މޭ 2022ގައި ހައި ކޯޓުގެ ފަނޑިޔާރުކަމުން އޭނާ އިސްތިއުފާ ދެއްވިތާ މަހެއްހާ ދުވަސް ފަހުންނެވެ.
އަލީ ސަމީރު ޕީޖީ އޮފީހުން އިސްތިއުފާ ދެއްވީ 28 އޮކްޓޯބަރު 2024ގަ އެވެ. އެއީ ޕީޖީގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާ ދެއްވިތަނާ އެވެ. އެ ދެ ބޭފުޅުންނަކީ އެކުގައި މަތީ ތައުލީމް ހާސިލްކުރެއްވި އިރުން ފެށިގެން ވެސް ވަރަށް ގާތް ދެ ބޭފުޅުންނެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
17 ޖުލައި 2025
0
25 ޖޫން 2025
0
24 ޖޫން 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0