ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓުގެ މައްސަލައާ ގުޅިގެން ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒުގެ ވަޒީފާ އިއާދަކޮށްދީފި އެވެ.
ކަސްޓަމްސްގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި މަހުމޫދު ރިޔާޒު ވަޒީފާއިން ވަކިކުރީ އޮކްޓޯބަރު 29 ގަ އެވެ. އޭނާ ވަޒީފާއިން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކަސްޓަމްސްއާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު މަގާމުން ވަކިކުރަން ފެންނަ ކަމަށް އެންގުމުންނެވެ.
އެކަމަކު 241 ކޮމިޓީން ވަނީ މަހުމޫދޫގެ ވަޒީފާ އަލުން އިޔާދަކޮށްދެއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވާފަ އެވެ. 241 ކޮމިޓީން، މަހުމޫދުގެ ވަޒީފާ އިއާދަކޮށް ދިނުމަށް ރައީސަށް ލަފާދިނީ މަގާމުން ވަކިކުރަން ރައީސް ނިންމެވި ފަހުން ކޮމިޓީއަށް ލިބުނު އިތުރު މައުލޫމާތުތަކާ ގުޅިގެން ކޮމިޓީން ދިރާސާކުރުމަށްފަހު ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި އޭނާގެ ސީދާ ބައިވެރިވުމެއް ނެތްކަން ފާހަގަވުމުންނެވެ.
ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައިި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މަހުމޫދުގެ ވަޒީފާ އިއާދަކޮށްދޭން ރައީސަށް ލަފާ އަރުވާފައިވާތީ، އޭނާގެ ވަޒީފާ ރައީސް އިއާދަކުރައްވާފައިވާ ކަމަށެވެ.
ހޯކްސް ކުންފުނީގެ ބޯޓުން ރާއްޖެއަށް ވަގަށް އެތެރެކުރަން މަސައްކަތްކުރި ސިނގިރޭޓުތަކެއް ކަސްޓަމުން ހިފެހެއްޓީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.
0%
0%
0%
0%
0%
6 ގަޑިއިރު ކުރި
0
7 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2