ކަސްޓަމްސް ބިލްޑިން/ ފޮޓޯ: ސަން
ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަން ހާމަކުރަން ފެށުމަށް އުސޫލެއް އިއްްޔެ އާންމުކޮށްފި އެވެ.
އަލަށް އެކުލަވައިލި އުސޫލުގައިވާ ގޮތުން، ކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް ހާމަކުރާނީ ވަކި ޝަރުތުތަކެއް ހަމަވުމުންނެވެ. އެގޮތުން އެ ނަންތަން ހާމަކުރާނީ ކަސްޓަމްސްއަށް ނުދައްކާ ހުރި ފައިސާ 10،000ރ އަށް ވުރެ އިތުރުވާނަމަ ކަމަށް އުސޫލުގައިވެ އެވެ.
ކަސްޓަމްސްގެ އުސޫލުގައި ބުނެފައިވާ ގޮތުން އެންމެ ފުރަތަމަ ކަމަކަށް ފައިސާ ނުދައްކާ ހުރި މީހަކަށް އެ އިދާރާއިން ލިޔުމެއް ފޮނުވާނެ އެވެ.
ކަސްޓަމަށް ފައިސާ ނުދައްކާ ފަރާތުގެ ހާމަކުރާ މައުލޫމާތު ތަކަކީ ފައިސާ ދައްކަން ޖެހޭ ފަރާތުގެ ފުރިހަމަ ނަން، ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރު އަދި އަމިއްލަ ފަރުދެއްނަމަ، އެ ފަރާތުގެ ނަމާއި، ދާއިމީ އެޑްރެސް އެވެ. އޭގެ އިތުރުން ވިޔަފާރި ރަޖިސްޓްރީ ނަންބަރު އަދި ނަން ހާމަކުރުމާ ހަމަޔަށް ނުދައްކައި އޮތް ފައިސާގެ އަދަދުގެ އިތުރުން ފައިސާގެ ބާވަތް އަދި ފައިސާ ދައްކަން ޖެހޭ ސަބަބު އެވެ.
އުސޫލުގައިވާ ގޮތުންކަސްޓަމްސްއަށް ފައިސާ ނުދައްކާ މީހުންގެ ނަންތައް މަދުވެގެން ކޮންމެ ދެ މަހަކުން އެއް ފަހަރު އާންމުކުރަންވާނެ އެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2