ކޯޓުތަކުގައި އެކި ސަބަބުތަކާ ހުރެ އެއް އަހަރަށް ވުރެ ދިގުލައިގެން ގޮސްފައިވާ 13،000 އަށް ވުރެ ގިނަ މައްސަލަ އެބައޮތް ކަމަށާއި, އެކަން ކުރުމަށްޓަކައި ވިލަރެސް ކުރުމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްގަނީ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
ޤަޟާއީ އަހަރު އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޣަނީ ވިދާޅުވީ، ކޯޓުތައް ހަރުދަނާކަމާ އެކު ހިނގާ ކަމަށް ގަބޫލު ކުރެވޭނީ ލަސްވުމެއްނެތި އިންސާފު ގާއިމްވެގެންދާ ތަން ފެނިގެން ކަމަށާއި، އިންސާފު ލަސްވުމަކީ އިންސާފު ނުލިބުންކަން އެންމެން ވެސް ގަބޫލު ކުރާ ކަމަށެވެ.
އެކިއެކި ސަބަބުތަކާ ހުރެ ދިގު މުއްދަތަކަށް މައްސަލަތައް ދިގުލައިގެން ގޮސް ނުނިމި ހުރުމަކީ ހިތާމައެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އެއަށް ފަހު އުއްތަމަ ފަނޑިޔާރު ވިދާޅުވީ މި އަހަރު ޝަރުއީ ދާއިރާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު އެއް ލަނޑުދަނޑިއަކީ އިންސާފު ލަސްވެފައިވާ މައްސަލަތަކަށް އަމާޒުކޮށްގެން ހާއްސަ މަސައްކަތްތަކެއް ކުރުން ކަމަށެވެ.
"މިދިޔަ ނިމިގެން ދިޔައިރު އެއް އަހަރުދުވަހަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާ 13،032 މައްސަލަ ބެކްލޮގްގެ ގޮތުގައި އެބައޮތް'' އެމަނިކުފާނު ވިދާޅުވީ އަމާޒަކީ 2026 ވަނަ އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޝަރުއީ ދާއިރާ އަކީ އިންސާފު ނުލިބި ލަސްވެފައިވާ މައްސަލައިން ނުވަތަ ބެކްލޮގުން ސަލާމަތްވެފައިވާ ހަރުދަނާ ޒިންމާދާރު ދާއިރާއަކަށް ހެދުން ކަމަށެވެ.
އެގޮތުން އެކަން ހައްލުކުރުމަށްޓަކައި މައްސަލަތަކުގެ ބެކްލޮގް ސާފުކުރުމަށްޓަކައި ވިލަރެސްކުރުމަށް ވަކި ހާއްސަ ޓާސްކްފޯހެއް އެކުލަވާލާނެ ކަމަށް ވިދާޅުވި އެވެ.
"އެ ޓާސްކްފޯހުން މީގެ ތެރެއިން ކޮންމެ މައްސަލައެއް ނުނިމި އޮތް ސަބަބު ސީދާ އެ މައްސަލަ ހަވާލުކުރެވިފައިވާ މެޖިސްޓްރޭޓް، ގާޒީ، ފަނޑިޔާރުގެ ގާތުގައި އަހާ އޮޅުން ފިލުވުމަށް ފަހު، ނުނިމި އޮތް ސީދާ ސަބަބު ރަނގަޅަށް ސާފުކޮށް އެ މައްސަލަ ކުރިއަށް ގެންދިޔުމުގައި މަގުފަހިކޮށްދެވޭނެ،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2