މާމިގިލީގައި ބޭއްވި ޖަލްސާއެއްގައި ރައީސް މުއިއްޒު އާއި ގާސިމް އަދި އެ ރަށު ކައުންސިލަރަކާއި މިނިސްޓަރުން ކުރީ ސަފުގައި - ފޮޓޯ: ރައީސް އޮފީސް
އަންނަ 4 އޭޕްރީލްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް ނިންމައިފި އެވެ.
ޖޭޕީން ބުނި ގޮތުގައި އެ ޕާޓީގެ ކައުންސިލުން ނިންމީ އަންނަ ކައުންސިލް އިންތިހާބުގައި ހަމައެކަނި މާމިގިލީ ކައުންސިލަށް އެ ޕާޓީން ކެންޑިޑޭޓުން ނެރުމަަށެވެ. އެހެން ކައުންސިލްތަކަށް އެ ޕާޓީން ތާއީދުކުރާނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ޖޭޕީން ބުންޏެވެ.
މާމިގިލި އެއީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލްކުރައްވާ ދާއިރާ އެވެ. މިހާރުގެ މަޖިލީހުގައި ޖޭޕީ ތަމްސީލްކުރާ ހަމައެކަނި ގޮނޑި އަކީ ވެސް އެއީ އެވެ.
ޖޭޕީގެ ލީޑަރު ގާސިމް ގެ ތާއީދު ރައީސް މުހައްމަދު މުއިއްޒަށް އެބަ އޮތް ކަމަށް އެކި ޕޯޑިއަމްތަކުގައި ވިދާޅުވެފައިވެ އެވެ.
އަންނަ ކައުންސިލް އިންތިހާބުގައި އިންތިހާބުކުރަނީ 5 ސިޓީ ކައުންސިލަކާއި 179 ރަށު ކައުންސިލެވެ.
އޭގެ ތެރެއިން ތިން ކައުންސިލަރުން އިންތިހާބުކުރަނީ 133 ރަށަކަށެވެ. އެއީ އާބާދީގައި 2،000 ހަމަނުވާ ރަށްރަށެވެ.
ފަސް ކައުންސިލަރުން އިންތިހާބުކުރަނީ 46 ރަށަކަށެވެ. މިއީ އާބާދީގައި 2،000 ހަމަވާ ރަށްރަށެވެ. މީގެ ތެރޭގައި އައްޑޫ ސިޓީން މި ފަހުން ވަކިވި ހުޅުދޫ އާއި މީދޫ ވެސް ހިމެނެ އެވެ.
އައްޑޫ ސިޓީއަށް އިންތިހާބުކުރަނީ 11 ކައުންސިލަރުންނެވެ. މާލެ ސިޓީއަށް 18 ކައުންސިލަރުންނެވެ. ފުވައްމުލައް ސިޓީއަށް 9 ކައުންސިލަރުންނެވެ. ތިނަދޫ އާއި ކުޅުދުއްފުށި އެއިން ކޮންމެ ސިޓީއަކަށް 7 ކައުންސިލަރުންނެވެ.
0%
0%
0%
0%
0%
14 ގަޑިއިރު ކުރި
0
20 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2