ފަލާހް - ފޮޓޯ: މަޖިލީސް
ލޯކަލް ކައުންސިލް އިންތިހާބާއެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކުރުމުގެ ފެންނަ ނުފެންނަ ވޯޓު ނަގާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެ އެވެ.
ފަލާހް މިހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ ފަރާތުން އޭނާ ހުށަހެޅުއްވި، ގާނޫނުއަސާސީއަށް އިސްލާހު ގެންނަ ބިލުގައި ފެންނަ ނުފެންނަ ވޯޓެއްގެ ބައި ހިމަނާފައެއް ނެތެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބާއެކު އެ ވޯޓު ބާއްވަނީ ހަރަދުކުޑަ ކުރަން ވެގެން ކަމަށެވެ.
ވަކިން އެ ވޯޓު ބާއްވާ ނަމަ ވަރަށް ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފަލާހް ހުށަހެޅުއްވި ބިލުގައިވަނީ މަޖިލީހުގެ ދައުރު ފެށޭ ތާރީހަކީ 1 ޑިސެމްބަރު ކަމަށެވެ. އަދި މި ހިނގާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028ގައި ހަމަވާނެ ކަމަށެވެ.
މި މަޖިލީހުގެ މެންބަރުން ހުވާ ކުރެއްވީ 28 މެއި 2024ގަ އެވެ. މިހާރު އޮތް ގޮތުން ވިއްޔާ މަޖިލީހުގެ ދައުރު ހަމަވާނީ މެއި 2029ގަ އެވެ. ބިލުގައިވަނީ އެއަށްވުރެ 5 މަސް ދުވަސް ކުރިއަށެވެ.
0%
0%
0%
0%
0%
1 ގަޑިއިރު ކުރި
0
13 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
1 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2