ދިވެހިރާއްޖެ 2.0 ލޯންޗުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު _ ފޮޓޯ: އަހުމަދު އަލީ / ކުރިއަށް މީޑިއާ
ކޮރަޕްޝަން ނައްތާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އިދިކޮޅު ފަރާތްތަކުން ވެސް ސަރުކާރާއެކު ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ރައީސް މިހެން ގޮވައިލެއްވީ ދިވެހިރާއްޖެ 2.0 އާ ގުޅިގެން އެއީ ސަރުކާރުން އީވޯޓިން ތައާރަފުކޮށް ވޯޓު އޮޅުވާލަން މަސައްކަތްކުރާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ވާހަކަ ފަތުރަމުން ދާ ދަނޑިވަޅެއްގައެވެ.
"ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށް ކުރާ ދަތުރުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކަށް ވެސް ގޮވާލަން،" ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލިއުއްވިއެވެ.
ރައީސް ވިދާޅުވީ ރޭގައި އިފްތިތާހު ކުރެވިގެންދިޔަ މޯލްޑިވްސް 2.0 އަކީ ދައުލަތުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން އެޅޭ އެންމެ ބޮޑު ފިޔަވަޅު ކަމަށެވެ.
"ކޮންމެ ރައްޔިތަކަށް އެ ރައްޔިތެއްގެ މަޢުލޫމާތު (ޑޭޓާ) ގެ ފުރިހަމަ ކޮންޓްރޯލާއި ބާރުވެރިކަން ލިއްބައިދޭ ނިޒާމު. ދެ ފުށް ފެންނަ، އަވަސް، ލުއި ފަސޭހަ، ހިދުމަތުގެ ފެންވަރު މަތީ ނިޒާމް. ކޮރަޕްޝަން މަދު ގައުމުތަކުގެ ލިސްޓުގައި ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް. ޕްރެސް ފްރީޑަމް އިންޑެކްސްގައި ވެސް ރާއްޖެ އެތައް ދަރަޖައެއް މަތިވެގެންދާނޭ ނިޒާމް،" ރައީސް ވިދާޅުވިއެވެ.
މި ނިޒާމުގެ ފަހަތުގައި ކޮރަޕްޝަން ނައްތާލައި ހަރަދު ކުޑަކޮށް ހިދުމަތްތައް އަވަސްކޮށް ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުން ކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވިއެވެ.
0%
0%
0%
0%
0%
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025
0

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0