ރައީސް މުއިއްޒު އދ. މަހިބަދޫގައި
ކޮރަޕްޝަން ނައްތާލުމާ ގުޅޭ 6 ބިލެއް ހިމެނޭހެން މަޖިލީހުގެ ދައުރަށް ޖުމުލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެ ފަދައިން ވިދާޅުވީ ރޭ އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައިވެސް އެތައް ބިލެއް ހުށަހަޅުއްވައި، އެތައް ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމަވައިދެއްވާފައިވާކަމަށާއި، މިހާރުވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މި އޮކްޓޫބަރު މަހު ފެށުނު ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، އޭގެ ތެރޭގައި އައު ގާނޫނުތަކެއްގެ ގޮތުގައި ތަޢާރަފު ކުރެވިގެންދާނެ 12 ޤާނޫނެއްވެސް ހިމެނޭކަމުގައި އެމަނުކުފާނު ފާހަގަކުރެއްވި އެވެ.
އަދި ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހެއް ހިމެނޭގޮތަށް، އިސްލާހުތަކެއްވެސް މީގެ ތެރޭގައި ހިމެނޭކަމުގައި ރައީސް ވިދާޅުވި އެވެ. ގާނޫނު އަސާސީއަށް ގެނެވޭ އިސްލާހަކީ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބޭއްވުމަށް ހުށަހެޅޭ އިސްލާހުކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަމުގައި ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ ވަށާޖެހޭ ތަރައްގީ ގެނައުމުގައި ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާ، އެގޮތުން، 27 ބިލުގެ ތެރޭގައި، ކޮރަޕްޝަން ނައްތާލުމަށް ރިއާޔަތްކުރެވޭ 6 ބިލެއް ހިމެނޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ، އދ. މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން#RayyithunGaathah #AlifuDhaaluAtollVisit pic.twitter.com/N9S0FHVhiY — The President's Office (@presidencymv) October 7, 2025
މިއީ ކޮރަޕްޝަން ނައްތާލުމަށް ގާނޫނުގައި މިވަގުތު ހުރި ހުރަސްތައް ނައްތާލައި، ހަގީގީ މާނާގައި ކޮރަޕްޝަން ނައްތާލުމަށް ގެނެވޭ އިސްލާހުތަކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިއީ ގާނޫނަށް އިސްލާހު ގެނެސްގެން އެކަނި ވާން އޮތް ކަމެއް ނޫންކަމަށާ، މިއީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމެއްކަމުގައިވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން އެއް އިސްލާހަކީ މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނަށް ގެންނަ އިސްލާހުކަމުގަ އެވެ. މިހާރު ހެދިފައިވާ ގާނޫނުތަކުގެ ތެރެއިން "ދެމިގަންނަ ފަރާތްތައް" ހުއްޓުވުމަށް އިސްލާހުތަކެއް ގެނެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެގޮތުން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އިއުލާންކުރެއްވި އެސެޓް ރިކަވަރީ ބިލުގެ ވާހަކަ އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
0%
0%
0%
0%
0%
21 މިނަޓް ކުރި
0
4 ގަޑިއިރު ކުރި
0
1 ދުވަސް ކުރި
0
2 ދުވަސް ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

17 މާރިޗު 2025
0