އެމްޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ދައުރު
މީޑިޔާތައް ކޮންޓްރޯލް ކުރުމަށް ހަދާފައިވާ ކޮންޓްރޯލް ގާނޫނު ބާތިލުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ހައި ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
މި ކަމާ ގުޅިގެން އެ އެސޯސިއޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް އަހްމަދު ނާއިފް ވިދާޅުވީ ބާތިލުކުރަން ހުށަހެޅި ގާނޫނަކީ ރާއްޖޭގެ ގާނޫނު އަސާސީގައި އެކަށައަޅާފައިވާ އުސޫލުތަކާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ވެސް ހިލާފަށް ފާސްކޮށްފައިވާ ގާނޫނެއް ކަމަށެވެ. އަދި އެ ގާނޫނު ބާތިލުކުރުމަށް ހައި ކޯޓުގައި އެދުނީ އެ ގާނޫނު، ގާނޫނުއަސާސީގެ ގިނަ މާއްދާތަކާ ހިލާފުވުމުގެ އިތުރުން އެ ގާނޫނަކީ އެތަކެއް ހައްގުތަކެއް ނިގުޅައިގަންނަ ގާނޫނަކަށްވާތީ ކަމަށް ވެސް ވިދާޅުވިއެވެ.
އެމްޖޭއޭއިން ބުނީ އެ ގާނޫނުގައި މަނާ ކަންކަން ކަމަށް ކަނޑައަޅާފައިވާ ކަންކަމަަކީ ވަކި މާނަކުރުމެއް އަދި ހުދޫދެއް ބަޔާންނުކޮށް ކަނޑައަޅާފައިވާ ކަންކަން ކަމުގައިވާތީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ގާނޫނުގެ ރައްކާތެރިކަމާއި ގާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގަށް ވެސް ހުރަސްއެޅޭ ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަމަށް، އެ ގާނޫނުގެ ސަބަބުން ހުރަސްއެޅި، މަސައްކަތްކުރުމުގެ ހައްގަށް ވެސް ގާނޫނުން ހުރަސްއެޅޭ ކަމަށް ބުނެފައިވެއެވެ.
މި ގާނޫނު ބާތިލު ކުރުމަށް އެދުމުގެ އިތުރުން އެ އެސޯސިއޭޝަނުން ވަގުތީ އަމުރަކަށް އެދިފައިވެއެވެ. އެ އަމުރުގައި އެދިފައޖވަނީ ހައި ކޯޓުން މައްސަލައިގައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު ނޭޅުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އަންގާ އަމުރުކޮށްދިނުމަށެވެ.
އެމްޖޭއޭ އިން ބުނި ގޮތުގައި އެފަދަ ވަގުތީ އަމުރަކަށް އެދުނީ އިމެއް ނެތި ބާރުގެ ބޭނުންކޮށްގެން މީޑިއާތަކާ ދެކޮޅަށް އަދި ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، އަދުލުވެރިކަމާއެކު ފިޔަވަޅުތައް އެޅުމުގެ ހައްގަށް ހުރަސްއެޅި، މީޑިއާތަކާއި ނޫސްވެރިންގެ މަސައްކަތް ހުއްޓާލަން ޖެހި، ނުވަތަ ޖޫރިމަނާފަދަ އަދަބުތަކާ ކުރިމަތިލާން ޖެހިދާނެތީ އެވެ.
ކޮންޓްރޯލް ގާނޫނު ފާސްކޮށް ތަސްދީގުކށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގައެވެ
0%
0%
0%
0%
0%
8 ގަޑިއިރު ކުރި
0
16 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
21 ގަޑިއިރު ކުރި
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
2 އެޕްރީލު 2025

8 އެޕްރީލު 2025

24 މާރިޗު 2025
2

18 ޖަނަވަރީ 2026
2